މާލެ ޖަލު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާލޭ ކަސްޓޯޑިއަލްގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދައިފި

45 އަހަރުގެ ދިވެހި ފިރިހެނެއް މާލެ ކަސްޓޯޑިއަލްގައި ހުއްޓައި މަރުވީ މިދިޔަ މަހު 24ގައި

މީގެ ހަފުތާއެއްހާ ދުވަސް ކުރިން މާލެ ކަސްޓޯޑިއަލްގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދައިފި އެވެ.

ވީ ކިިހިނެއް؟ - 45 އަހަރުގެ ދިވެހި ފިރިހެނެއް މާލެ ކަސްޓޯޑިއަލްގައި ހުއްޓައި މަރުވީ މިދިޔަ މަހު 24ގަ އެވެ.

ތަފްސީލް - ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު، މަރުވި މީހާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސް، އާއިލާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ޕޯސްޓްމޯޓަމްގެ ތަފުސީލެއް އަދި ފުލުހުން އާންމެއް ނުކުރެ އެވެ.

އޭނާ އެ ދުވަހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އެގޮތުން:

  • އޭނާ ފުލުހުންގެ ބަންދުގައި ހުރީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަކާ ގުޅިގެން

އިތުރު އާޓިކަލް

އިތުރު އާޓިކަލް