މުހައްމަދު ހުސައިން މަނިކު؛ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި

މާލީ ދާއިރާ

40 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރެއްވުމަށް މުހައްމަދު ހުސައިން މަނިކު ރިޓަޔާކުރައްވައިފި

މުހައްމަދު ހުސައިން މަނިކު ދައުލަތުގެ ހިދުމަތުން ރިޓަޔާކުރެއްވި އިރު ހުންނެވީ ކެޕިޓަލް ޑިވެލޮޕްމަންޓް މާކެޓް އޮތޯރިޓީގެ ސީއީއޯގެ މަގާމުގައި؛ އޭގެ ކުރިން ޕެންޝަން އޮފީހުގެ ސީއީއޯ ކަމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި

ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރެއްވުމަށް ފަހު މުހައްމަދު ހުސައިން މަނިކު ރިޓަޔާކުރައްވައިފި އެވެ.

ވީކިހިނެއް؟ - މަނިކު ދައުލަތުގެ ހިދުމަތުން ރިޓަޔާކުރެއްވި އިރު ހުންނެވީ ކެޕިޓަލް ޑިވެލޮޕްމަންޓް މާކެޓް އޮތޯރިޓީ (ސީޑީއެމްއޭ)ގެ ޗީފް އެގްކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގަ އެވެ. 

މަނިކު ރިޓަޔާކުރެއްވުމުން ސީޑިއެމްއޭން ރޭ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންނާއި ދައުލަތަށް ހިދުމަތްކުރެއްވުމުގެ ރޮނގުން މަނިކުގެ ކެރިއަރު ނިންމާލެއްވިއިރު އޭނާއަކީ ރާއްޖޭގެ މާލީ ދާއިރާ އާއި ގައުމީ ތަރައްގީއަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ސީޑީއެމްއޭގެ ސީއީއޯގެ މަގާމުގައި ވެސް ހުންނަވައިގެން ކެޕިޓަލް މާކެޓް ކުރިއެރުވުމަށް އެހީތެރިވެދީ، ދެފުށް ފެންނަ އަދި ހަރުދަނާ މާލީ ދާއިރާއެއް ކުރިއެރުވުމަށް އެ އޮތޯރިޓީގެ ދައުރު އިތުރަށް ވަރުގަދަކުރެއްވި ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.

މަނިކުގެ ތައާރަފެއް - މަނިކު ސީޑީއެމްއޭގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ 13 ޖެނުއަރީ 2021ގަ އެވެ. އޭގެ ކުރިން އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުު 2009އިން 2019އަށް 

  • ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި

  • އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ކުރެއްވި

  • އެންމެ ގިނަ ދުވަހު އޭނާ ހިދުމަތްކުރެއްވީ ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް