އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރި ޝަރީފް
އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން ޝަރީފް ވަކިކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް ވަކިކޮށްފި އެވެ.
ތަފްސީލް - ޝަރީފް އެ މަގާމުން ވަކިކުރަން މިއަދު އޭނާ 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. އެ ގޮތުން ވިދާޅުވީ:
-
ވަޒީފާގެ އެއްބަސްވުން ބާތިލުކޮށް ފޮނުވާފައިވާ ކަމަށް
-
ވަކިކުރީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ޕީސީބީން ދިން އިރުޝާދުގެ ތެރެއިން
ފާހަގަކޮށްލެވޭ - ޝަރީފަކީ ކުރީގެ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ނަން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އެނގުން މުހިންމު - މިދިޔަ 4 އޭޕްރީލްގައި ބޭއްވި ކައުންސިލް އިންތިހާބާ އެކު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބޮޑު ނާކާމިޔާބީއެއް ލިބުނު ފަހުން ސަރުކާރުގެ އޮނިގަނޑާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެެނެސްފަ އެވެ.