އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެމްޑީޕީ

ނަޝީދު ކެމްޕެއިންގައި އިބްރާހީމް ވަހީދު ބައިވެރިވާތީ ފިޔަވަޅު އަޅަން އެދިއްޖެ

އިބްރާހީމް ވަހީދަށް ފިޔަވަޅުއަޅައިދޭން އެދުނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މެންބަރު މީކާއީލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރައްވާ ކެމްޕެއިން ހަރަކާތްތަކުގައި އެމްޑީޕީގެ އިދާރީ ކަންކަން ބަލަހައްޓަވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ބައިވެރިވާތީ ފިޔަވަޅު އަޅަން އެދިއްޖެ އެވެ.

ވީކިހިނެއް؟ - އިބްރާހީމް ވަހީދަށް ފިޔަވަޅު އަޅަން އެދިވަޑައިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްގަފޫރު މޫސާއަށް ޝަކުވާއެއްް ފޮނުއްވަނީ ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމެވެ.

ތަފްސީލް - ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވީ ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯތަކުން އިބްރާހިމް ވަހީދު ފެންނާތީ އޭނާ އެކަމުގައި ބައިވެރިވާ ކަން ކަށަވަރުވާ ކަމަށެވެ. 

މީކާއިލް ވިދާޅުވީ އިދާރީ ކަންކަން ބަލަހައްޓަވާ ޑެޕިއުޓީ ޗެއާޕާސަނަކީ ޕާޓީގެ މެންބާޝިޕްގެ ކަންކަމާއި ޕާޓީގެ ހަރަކާތްތައް ބަލަހައްޓަވާ އެންމެ އިސް އެއް ފަރާތް ކަމަށްވާތީ، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އޭނާ ހުންނަވަން ވާނީ ވަކި އަތަކަށް ބުރަނުވެ ކަމަށެވެ. 

އޭނާ އިންތިހާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ މި އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކުރާ ކެންޑިޑޭޓަށް ނާޖާއިޒު ގޮތުގައި ފޯރުކޮށްދެވޭނެ ކަމެއް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 

އެހެންވެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން މުއްދަތު ނިމެންދެން އިބްރާހިމް ވަހީދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް މީކާއިލް އެދިވަޑައިގެންފައިވެ އެވެ. 

ފާހަގަކޮށްލެވޭ - މީގެ ކުރިން ވެސް އިބްރާހީމް ވަހީދު މަގާމުން ވަކިކުރުމަށް ވަގުތީ ޗެއާޕާސަން ގަފޫރު ނިންމެވި އެވެ. އެކަމަކު އިންތިހާބީ މަގާމަކުން އެ ގޮތަށް ވަކިނުކުރޭވޭނެތީއާއި އެތެރޭގައި އޭރު އުފެދުނު މައްސަލަތައް ހައްލުކޮށް އޭނާގެ މަގާމު އަލުން އިއާދަކުރި އެވެ.

މީކާއިލަށް ތާއީދުކޮށް ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ސަޕޯޓަރުންނާއި އިސް ބޭފުޅުންނެވެ.

ކޮމެންޓް (3)

ސިކުނޑި

26 އޭޕްރީލު 2026
އަދި އިތުރަށް ދަންނަވާލަތް! ޕާޓީގެ ސިޔާސަތުތަކަށް އިހުތިރާމް ނުކުރުމުން ނަޝީދު ވަކި ކުރަން އެންމެ އިސްކޮށް އުޅުނީވެސް ފަޔާ އާއި އިބުރޭ! އިބޫ އަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ޗޮއިސްއެއްނޫން!
0 0

ސިކުނޑި

26 އޭޕްރީލު 2026
ކުރިންވެސް ދެންނެވިން - މިހާރު މިއޮތް ހާލަތުގައި މީކާއިލަކަށް މިކަމެއް ނުވާނެ! ޕާޓީ ނަގާ ކޮޅަށް ޖެހޭނީ ހަރުދަނާ ލީޑަރަކަށް! ނަޝީދު ކުރިން ޕާޓީއަށް ނުޚުސާނެއް ކުރިމަތި ކުރުވިޔަސް ޒާތީ ތައައްސުބު އެއްފަރާތްކޮށް ޕާޓީއާއިގެން ކުރިޔަށް ދާންވީ ވަގުތު މިއީ! ތަޖުރިބާއާއި ވިސްނުމާއި ޚާރިޖީ ގުޅުންތަކަށް ބެލިކަމުގައިވިޔަސް ނަޝީދު ވަރުގެ ލީޑަރެއް އެމްޑީޕީއަކުނެތް! މި ހަގީގަތް ގަބޫލު ކުރައްވާ ލޮބުވެތި އެމްޑީޕީ މެންބަރު! މީކާއިލް އަމިއްލައަށް ސިޔާސީ ކުރިމަގު ކަފުން ކުރަންތިޔަ މަސައްކަތް ކުރަނީ! މީކާއީލަށް ރަނގަޅަށް އިނގޭނެ ނަޝީދާއި ވާދަކުރުމަކީ ރަނގަޅުކަމެއް ނޫންކަން! ތިޔަށް ކިޔައި އުޅެނީ ކާންދޭ އަތުގައި ދަތް އެޅުން!!!
0 0

ކެޔޮގަނޑު

27 އޭޕްރީލު 2026
@ސިކުނޑި ޕްރައިމަރީގައި ބަލިވީމާ ޕާޓީ ރޫޅާލަން ނިކުތީމާދެން އަލުން ކޮން އިންތިހާބެއްގައި ވާދަކުރާކަށް. ނަޝީދުއަށް ތާއީދުކުރަން މިހާރު ތިޔަ ދައްކަވަންޖެހޭ ކޮސް ވާހަކަ ފާޅުގައި ދައްކަން ކެރޭމީހުން ވަރަށް މަދު . ތިޔަ ހިތްވަރަށް ހަމަ ސާބަސް. ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް