މިޔަރުތަކަކާއެކު ޓޫރިސްޓަކު މޫދަށް އެރެނީ: މިދިޔަ ދެ ދުވަހު ދެ މީހަކަށް ވަނީ މިޔަރު ހަމަލާ ދީފައި
މިދިޔަ ބުރާސްފަތި ދުވަހާއި ބުދަ ދުވަހު، މިޔަރުގެ ދެ ހަމަލާއެއްގައި ދެ މީހަކު ޒަހަމްވެއްޖެ އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި މި ދެ ހާދިސާ ވެސް ހިނގާފައި ވަނީ އއ. އަތޮޅުގަ އެވެ. މިޔަރު ހަމަލާ ދީފައިވަނީ އެ އަތޮޅު މަތިވެރި ކައިރީގައި އޮންނަ 'ޝާކް ޕޮއިންޓް'ގަ އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި:
-
ބުދަ ދުވަހު ޗައިނާގެ އަންހެން ޓޫރިސްޓެއްގެ އަތުގައި މިޔަރެއް ދަތް އެޅުމުން އަތް ވަރަށް ބޮޑަށް ޒަހަމްވެ، އޮޕަރޭޝަން ކުރަން ޖެހުނު
-
ބުރާސްފަތި ދުވަހު އެ ސަރަަހައްދަށް ފީނި ދިވެހި ޒުވާން ފިރިހެނެއްގެ އަތް ވެސް މިޔަރު ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައިވޭ
-
އެ ދެ މީހުންނަށް ވެސް ފަރުވާ ދިނީ އއ. އަތޮޅު ހޮސްޕިޓަލުގައި
"އަންހެން މީހާގެ އަތް ކިރިޔާ ވަކިނުވެ އޮތްކަން. އެހާ ބޮޑުވަރުވެފައި އޮތީ،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވެސް، ޓޫރިސްޓަކަށް ހަމަ އެ ސަރަހައްދުގައި މިޔަރު ހަމަލާއެއް ދިނެވެ.
ގުޅުންހުރި - މިދިޔަ ހަފުތާގައި ގއ. ކޫއްޑޫ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް މިޔަރެއް ހަމަލާދިނުމުން ޓޫރިސްޓެއްގެ ފައިބުރިކޮށްލަން ޖެހުނެވެ.
އެނގުން މުހިއްމު - ތަޖުރިބާކާރުން ބުނާގޮތުގައި މިޔަރު ހަމަލާތައް އިތުރުވެފައިވަނީ ރާއްޖޭގައި މިޔަރަށް ކާން އެޅުން އާއްމުވެފައިވާތީ އެވެ. މިޔަރު ކާން ބޭނުންވެގެން ނުވަތަ ކާން އުޅުމުގެ ތެރޭގައި މީހުންނަށް ވެސް ހަމަލާދެވެނީ އެވެ.
ޓޫރިސްޓުންނަށް ދެއްކުމަށް މިޔަރު އެއްކުރުމުގެ ބޭނުމުގައި ކާން އެޅުމާއި މަސް ފެކްޓްރީތަކުން އުކާލާ ކުނި އެތެރެވަރިއަށް އަޅާތީ މިޔަރު އެއްވުން ވެސް ވަނީ އާއްމުވެފަ އެވެ.
ކޮމެންޓް (3)
ސަމީ
އަނީސް
މުޙައްމަދު