ތެލެސީމީ ހުންނަ ކުއްޖަކަށް ލޭ އެޅުމުގެ ތެރެއިން (ފައިލް ފޮޓޯ)

ކުނިވެފައިހުރި ލޭތަކެއް ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް އެޅިއްޖެ

މައްސަލަ ޖެހުނު ފްރިޖުގައި ހުރި ލޭ އެޅުނީ ލޭ އަޅަމުން ދިޔަ ވަގުތު ޑޮކްޓަރަކަށް އަދި ބައެއް ނަރުހުންނަަށް އެ ހާދިސާގެ މައުލޫމާތު ލިބިފައި ނެތުމުން ކަމަށް އެމްބީއެސްއިން ބުނޭ

ހަލާކުވެފައިހުރި ލޭތަކެއް ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް ތެލެސީމިއާ ސެންޓަރަކަށް އެޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާގޮތުގައި ލޭ ޕެކެޓުތަކެއް ކުނިވެފައިވަނީ، ތެލެސީމިއާ ސެންޓަރުގައި ލޭ ރައްކާކުރުމަށް ބޭނުންކުރާ އައިސް އަލަމާރިތަކުގެ ތެރެއިން އެއް އަލަމާރިއަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ މައްސަލައެއް ދިމާވުމާ ގުޅިގެންނެވެ. އެގޮތުން: 

  • ޖެހިގެން އައި ދުވަހުގެ ހެނދުނު ލޭ އަޅަން ދިޔަ ތިން މީހެއްގެ ގަޔަށް އެ ފްރިޖުން ނެގި ޕެކުޓްތަކަކުން ލޭ އަޅާފައިވޭ

  • ލޭ އެޅި މީހުންނަށް އެކަން އެންގީ އޭގެ މާ ފަހުން ކަމުގެ ކަންބޮޑުވުންތައް ވެސް ދަނީ ފާޅުކުރަމުން

ބުނީ ކީކޭ؟ - މިކަމާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގެ ޑިރެކްޓާ ޖެނެރަލް އަހުމީމް ފާރިޝް ވިދާޅުވީ ފްރިޖުގައި މައްސަލަ ޖެހުމުން، އޭގައި ހުރި ލޭ ޕެކެޓުތައް ރައްކާތެރި އައިސް އަލަމާރިއަކަށް ބަދަލުކޮށް އާ ލޭ ހޯދުމުގެ މަސައްކަތް ހަމަ އެރޭ ވަގުތުން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުން:

  • ޖެހިގެން އައި ދުވަހު ތިން މީހެއްގެ ގަޔަށް އެ ފްރިޖުގައި ހުރި ލޭ އެޅުނީ ލޭ އަޅަމުން ދިޔަ ވަގުތު ޑޮކްޓަރަކަށް އަދި ބައެއް ނަރުހުންނަަށް އެ ހާދިސާގެ މައުލޫމާތު ލިބިފައި ނެތުމުން

  • އެ ފްރިޖުން ނެގި ލޭ އެޅި ތިން މީހުންގެ ތެރެއިން އެއް މީހެއްގެ އާއިލާއަށް އެކަން އެންގުން ލަަސްވެފައިވާ ކަމަށް އެއްބަސްވި 

"މި އިދާރާގެ ފަރާތުން ފުރަތަމަ އިސްކަން ދެނީ އެކަންކަމާ މައާފަށް އެދުމާއެކު، ވަކީން ވެސް އިތުރު ބައްދަލުވުން ބާެްއްވައި ތަފްސީލު ދިނުމަށް،" ފާރިޝް ވިދާޅުވި އެވެ. 

އެކަންކަން ތަކުރާރު ނުވާނޭގޮތް ހެދުމުގެ ގޮތުން އޯޑާ ކުރެވިފައިވާ އިކުއިޕްމަންޓް ނުވަތަ ފްރީޒަރުތައް ގެނައުމަށް އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުޑަ ނަމަވެސް ކަމެއް ހިނގާ ދަނޑިވަޅުގައި ޑޯނަރު އަދި އާއިލާއަށް އެކަމެެއް ހިނގިކަން އަންގާނޭކަން ކަށަވަރު ކުރާނެ ކަމަށް ވެސް ފާރިޝް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް