މ. މުލީ ރީޖަނަލް ހޮސްޕިޓަލް (ފައިލް ފޮޓޯ/ސަން)

ޑެންގީ

ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ޑެންގޫރާއްޖޭގެ އެކި ސަރަހައްދުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނޭ

ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން ދިޔަ 17 އަހަރުގެ ކުއްޖަކު ރޭ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުން އަންނާތީ އެ ކުއްޖާ މުލީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ހޮސްޕިޓަލުގަައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައި އެކުއްޖާ މަރުވެފައިވާއިރު، މަރުވީ ޑެންގީ ޖެހިގެން ކަމަށް އެޗްޕީއޭއިން ކަށަވަރުކޮށްދީފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޑެންގީ ޖެހި ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާދެމުންދަނިކޮށް، 23 އަހަރުގެ ޒުވާނަކު މީގެ ދެ ހަފްތާ ކުރިން ވެސް ވަނީ މަރުވެފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ. 

އެހެންކަމުން، އެ އެޖެންސީން ވަނީ ބަލި ފެތުރުން މަދުކޮށް ކޮންޓްރޯލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ކައުންސިލްތައް އަދި އާންމުންނާއި ކުންފުނިތައް އަދި ޖަމްއިއްޔާތައް ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

ބަލިން ރައްކާތެރިވުމަށް އެންމެ މުހިއްމު ކަމަކީ:

  • މަދިރި އުފެދި އާލާވާތަންތަން ނައްތާލުން

  • މަދިރި ހެފުމުން ރައްކާތެރިވުން

  • ޑެންގީ ޖެހިއްޖެ ނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން ފަރުވާ ހޯދުން

އެނގުން މުހިންމު - ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނި ގޮތުގައި، މަދިރީގެ ސަބަބުން ޖެހޭ މި ބަލި ޖެހިގެން މިދިޔަ މަހު އެކަނި ވެސް 535 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ނިސްބަތް އުޅެނީ 60ގަ އެވެ.

ކޮމެންޓް (1)

އަނީސް

25 އޭޕްރީލު 2026
ރާއްޖޭގެ ސިއްޙީދާއިރާ ތަރައްޤީވެ ކުރިއަށް ކަނޑާނެ ދުވަހެއްގެ އޮ ްތިޒާރުގައި ހުރެ ޢުމުރުން 70 އަހަރުންމަތިވެގެން މިއޮތްދަނީ. ހާދަހާ ނާގާބިލު ފަރުވާކުޑަ ވެރިންތަކެކޭ އަރާ ފައިބާގެންދަނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް