ވިހަ ހުރި ކަމަށް ޝައްކުކުރެވޭ ކުޑަކުދިންގެ ކާނާ ހުންނަ ހިޕް ބްރޭންޑްގެ އުފެއްދުމެއް (ފޮޓޯ/ އަލްޖަޒީރާ)

ވިހަ ހުރި ކަމަށް ބެލެވިގެން ކުޑަކުދިންގެ ކާނާއެއް ބޭނުން ނުކުރަން އަންގައިފި

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ 'ހިޕް' ބްރޭންޑްގެ ކާނާތަކުގައި މީދާ މަރަން ބޭނުންކުރާ ވިހައިގެ މާއްދާއެއް ހިމެނޭ ކަމަށް ޝައްކުކުރެވޭތީ އެ ތަކެތި ބޭނުންނުކުރުމަށް އަންގާފައިވާ ކަމަށް
20 އޭޕްރީލު 2026

ޖަރުމަނުގެ އުފެއްދުމަށް ކަމަށްވާ 'ހިޕް' ބްރޭންޑްގެ ކުޑަކުދިންގެ ކާނާއެއްގައި ވިހަ ހުރި ކަމަށް ޝައްކުކުރެވިގެން އެހެން ގައުމެއްގައި ހުރި އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވާތީ، އެ ބްރޭންޑްގެ ތަކެތި ރާއްޖޭގައި ވެސް ހުރި ނަމަ، ބޭނުންނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.

ވީކިހިނެއް؟ އެ ބްރޭންޑްގެ ކާނާތާކުގައި ވިހައިގެ މާއްދާއެއް ހުރި ކަމަށް ޝައްކުކުރެވިގެން އެ ތަކެތި މަނާކުރީ އޮސްޓްރިއާގަ އެވެ. ބެލެވޭ ގޮތުގައި އޭގައި ހުރި ކަމަށް ވަނީ މީދާ މަރަން ބޭނުންކުރާ ވިހަ ބޭހުގެ މާއްދާއެކެވެ.

އޮސްޓްރިއާގެ ފުލުހުން އެ ކަމުގެ ތަހުގީގެއް ފަށައި، އެ ގައުމުގެ ފިހާރަތަކާއި ބާޒާރުތަކުގައި ހުރި މި ބްރޭންޑްގެ ތަކެތި ނެގުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ތަފްސީލް - ފުޑް އެންޑް ޑްރަގް އޮޓޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބްރޭންޑަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ބްރޭންޑެއް ނޫން ކަމަށެވެ.

ނަމަވެސް އެ ބްރޭންޑްގެ ތަކެތި ރާއްޖެއަށް ވެސް އެތެރެކޮށް ވިއްކުމާއި ބޭނުންކުރުމުގެ ފުރުސަތު އޮވެދާނެތީ އެ ކަން ނުކުރުމަށް އަންގާފައިވެ އެވެ. އަދި މި ކަމަށް އާންމުންނާއި ވިޔަފާރިތަކުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް