އަމްޖަދު މުސްތަފާ؛ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި - (ފޮޓޯ/ ރައީސް އޮފީސް)
ޖުޑީޝަރީގެ އިދާރީ އިސް މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުން އަމްޖަދު އިސްތިއުފާ ދެއްވައިފި
ޖުޑީޝަރީގެ އިދާރީ އިސް މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުން އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި އެވެ.
ތަފްސީލް - މިދިޔަ އަހަރުގެ 19 ފެބްރުއަރީގައި އެ މަގާމަށް އައްޔަންކުރި އަމްޖަދު އޭގެ 1 އަހަރާއި 2 މަސް ފަހުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަނީ ފޮނުވައިފަ އެވެ.
ނަމަވެސް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.
ފާހަގަކޮށްލެވޭ - ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމުގެ އެންމެ އިސް މަގާމަށް އަމްޖަދު އައްޔަންކުރަނީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެމްބަރު 2024ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ހުސްކޮށް އޮތްތާ 5 މަސް ފަހުންނެވެ.
އަމްޖަދުގެ ތައާރަފެއް:
އަމްޖަދު މުސްތަފާ މީގެ ކުރިން އާދަކުރެއްވީ:
-
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން
-
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަން
-
މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަން
އަމްޖަދު މުސްތަފާ ތައުލީމު ހާސިލްކުރައްވާފައިވަނީ:
-
އިސްލާމިކް ޔުނާވިސޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ
-
އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަންގެ އިން މާސްޓާސް
އަމްޖަދު މަގާމުން އިސްތިއުފާ މި ދެއްވީ އިސް ފަނޑިޔާރުންނަށް ވުރެ އިސްކޮށް ކޯޓުތަކުގެ އިދާރީ އިސް މުވައްޒަފުން ފަނޑިޔާރުގޭގެ ކަންކަމާ އުޅުއްވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
"ދަށު ކޯޓުތަކުގައި ވެސް ސުޕީރިއާ ކޯޓުތަކުގައި ވެސް އިދާރީ އިސް މީހާ އެންމެ ވަރުގަދަ ވާނީ، އިސް ފަނޑިޔާރަށް ވުރެ ވެސް، ޖުޑީޝަރީ ތެރޭގެ ފަންކްޝާލިޓީއަށް އަސަރުކުރާ ކަމަށް ވެސް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށުގައި ޑިޕާމްޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ވާހަކަ ދައްކަވަމުންނެވެ.
ކޮމެންޓް (2)
ބޱބޱބޱ
ޑޮން