ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި އެމްއޭސީއެލްގެ ޝަރީފް. (ފައިލް ފޮޓޯ/އެމްއޭސީއެލް)
ފެންވަރަށް ނުބަލައި ސިޔާސީ ގޮތުން ވަޒީފާ ދިނުން ހުއްޓާލައިފިން: ރައީސް
ތަޖުރިބާ އާއި ތައުލީމު އަދި ފަންނީ ފެންވަރަށް ބެލުމެއް ނެތި ސިޔާސީ ގޮތުން ވަޒީފާ ދިނުން ހުއްޓާލަން ނިންމިކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.
ވީކިހިނެއް؟ - ނިމިދިޔަ ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރު ބޮޑު ތަނުން ނާކާމިޔާބުވެފައިވަނިކޮށް މިިނިސްޓްރީތަކުގެ އަދަދު މަދުކޮށް، ސިޔާސީ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެގޮތުން، ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ %33 މަދުކުރުމަށް ކުންފުނިތަކަށް އަންގައިފަ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ ފެންވަރު އެސެސްކުރަމުންދާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ތަފްސީލް - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އެ ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ހިންގުން އިސްލާހުކުރުމަށް ކަމަށެވެ.
އެގޮތުން، ސަރުކާރު ހިންގުން އިސްލާހުކުރުމަށް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި ފިޔަވަޅުތަކަކީ:
-
ވީހާ ވެސް ބޮޑަށް ސަރުކާރުގެ ސައިޒު ކުޑަކުރުން
-
ސިޔާސީ މުވައްޒަފުން ހިމެނޭ ގޮތަށް މަސައްކަތަށް ފަރުވާތެރިނުވާ މުވައްޒަފުން ވަކިކުރުން
-
ވަޒީފާއަށް އިއުލާންކޮށް، ފެންވަރަށް ބަލައިގެން ވަޒީފާ ދިނުން
-
ނުގަވާއިދުން ވަޒީފާއެއް ދީފައިވާ ނަމަ، ވަޒީފާއިން ވަކިކުރުމަށް
"އެއްވެސް ފަރާތަކަށް ކެމްޕޭނަކާ ދިމާކޮށް، ސިޔާސީ ގޮތުން ވަޒީފާ ދިނުން މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން މި ވަނީ ބުނެފައި،" ރައީސް ވިދާޅުވި އެވެ.
"އިއުލާންކޮށްގެން، ކުރިމަތިލައިގެން، އެ މީހާގެ ސީވީއަށް ބަލައިގެން ނޫނީ ދެން އެއްވެސް ކުންފުންޏަކުން އަދި އެއްވެސް މިނިސްޓްރީއަކުން ވެސް ދެން މުވައްޒައްފަކު ނުނަގާނެ."
ތަޖުރިބާ އާއި ތައުލީމު އަދި ފަންނީ ފެންވަރަށް ބެލުމެއް ނެތި ސިޔާސީ ގޮތުން ވަޒީފާ ދިނުން ހުއްޓާލަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި.
— Dhauru (@Dhaurunews) April 20, 2026
ރައީސް ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ދިން އެއް މެސަޖަކީ، މެރިޓަށް ބަލައިގެން… pic.twitter.com/CozdAAZXAw
ސިޔާސީ މުވައްޒަފުން އައްޔަންކުރުމަކީ ރައީސަށް ގާނޫނުއަސާސީން ލިބިދޭ ބާރަކަށްވާތީވެ، އެ މަނިކުފާނަށް އެ ފުރުސަތު އޮންނާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް، އެ ބާރުގެ ތެރެއިން، މުވައްޒަފުން ދެން ނަގާނީ އުސޫލުތަކެއްގެ ތެރެއިން ފެންވަރަށް ބަލައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން:
-
ސްޓޭޓް މިނިސްޓަރަކު އައްޔަންކުރާއިރު އެންމެ ދަށްވެގެން މާސްޓާސް ޑިގްރީއެއް އޮތް މީހަކު އައްޔަންކުރުން
-
ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރާއިރު އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީއެއް އޮތް މީހަކު އައްޔަންކުރުން
-
ސިޔާސީ މުވައްޒަފުންގެ ގޮތުގައި އިތުރަށް މީހަކު އައްޔަންކުރާނީ ކޮންމެހެން ކުރަން ޖެހޭ ނަމަ އެކަނި
"ސިޔާސީ މުވައްޒަފުން އައްޔާންކުރާއިރު ވެސް ދެން ކުރިއަށްދާނީ ޕާފޮމެންސް ބޭސްޑް އަދި މެރިޓް ބޭސްޑް، ތައުލީމީ ފެންވަރު، ތަޖުރިބާ ފެންވަރު ބަލާނަން،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (9)
ސިއްގިރި
ބަދަލުގެ ފެށުން
ސިކުނޑި
ހިތާއިފިތް
އެދުރު
އިބިރަހިމާ
ތެފައާސާ.
ހުޒޭމު
ގަދަމީހާ7