ދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލާގައި ކުށް ސާބިތުވި، ބަންގްލަދޭޝްގެ މަސްއޫދު.

ކްރިމިނަލް ކޯޓު

މަސް ދޯންޏެއްގައި މީހަކު މަރާލި ބިދޭސީއަކު އުމުރަށް ޖަލަށްލައި 1.25 މިލިއަން ދޭން ހުކުމްކޮށްފި

އެ ދުވަހު ދާނެގުމުގެ ތެރޭގައި ދޯނީގައި ބަންގްލަދޭޝްގެ ދެ މީހުން ކަމަށްވާ ޝާހީނާއި މަސްއޫދު ދެމެދު މާރާމާރީއެއް ހިނގިކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި
20 އޭޕްރީލު 2026

މީގެ ހަ އަހަރު ކުރިން މަސް ދޯންޏެއްގައި މާރާމާރީ ހިންގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ، މަރާލި މައްސަލާގައި ތުހުމަތުކުރެވޭ ބިދޭސީ މީހާ އުމުރަށް ޖަލަށް ލައި، 1.25 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - 7 މާޗު 2021ގައި ހިނގި އެ މާރާމާރީގައި މުހައްމަދު ޝާހީން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު މަރާލި ކަމުގެ ދައުވާ އުފުލީ ބަންގްލަދޭޝްގެ މީހަކު ކަމަށްވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ:

  • އެ ދުވަހު ދާނެގުމުގެ ތެރޭގައި ދޯނީގައި ޝާހީނާއި މަސްއޫދު ދެމެދު މާރާމާރީއެއް ހިނގިކަން ހެކިންގެ ހެކިބަހުން އެނގޭ

  • އެ ވަގުތު މަސްއޫދުގެ އަތުގައި ވަޅިއެއް އޮތް؛ އޭނާގެ އަތުން ފެނުނު ވަޅިން މަސްއޫދާއި ޝާހީންގެ ޑީއެންއޭ ފެނިފައިވޭ

  • ޝާހީން މަރުވީ އޭނާގެ ކަނާތު އަރިކައްޓާ ދިމާލުން ތޫނު އެއްޗަކުން ލިބުނު ޒަހަމަކާއި ގުޅިގެން، އޭނާގެ ފުއްޕާ މޭ ފިތުމުގެ ސަބަބުން، ގިނަ އަދަދެއްގެ ލޭ ހަށިގަނޑުން ބޭރުވެގެން

  • މި ހާދިސާގެ ފަހުން ޝާހީނަށް އެހީތެރިވުމަށް މަސައްކަތްތަކެއް ކޮށްފައި ނެތް

މަސްއޫދުގެ މައްޗަށް ކުށް ސާބިތުވާތީ ޝާހީންގެ ވާރިސުންގެ ބަސް ހޯދި އެވެ. ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ހޯދަން ކަން ހުކުމުން އެނގެ އެވެ. އެހެންވެ ކޯޓުން ހުކުމްކުރީ މަސްއޫދު އުމުރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ކޯޓުން ހުކުމްކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް