ރައީސް މުއިއްޒު މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ގާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް: ރައީސް

ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރައްޔިތުން ނުރުހޭކަން ފެންނަ ނުފެންނަ ވޯޓުން ސާފުވެފައިވާ ކަމަށް ރައީސް ވިދާޅުވި
20 އޭޕްރީލު 2026
4

މިދިޔަ ހަފުތާގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ދިން މެސެޖަށް އިހުތިރާމް ކުރުމުގެ ގޮތުން ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުން ސަރުކާރުން މިހާރު ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ:

  • ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް ރުހޭ ކަމެއް ނޫންކަން މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސާފުވެފައިވާ ކަމަށް 

"ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވައިފި. ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫނޭ، އެހާ ބޮޑަށް ފޭވާ ކުރާ ކަމެއް ނޫންކަން. އެހެންވީމާ ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ގެންނާކަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން ދެނެއް،" ރައީސް ވިދާޅުވި އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ގާނޫނުއަސާސީއަށް ބަދަލު ނުގެނައި ނަމަވެސް ކުރިން އިއުލާންކުރި ބައެއް ގާނޫނީ އިސްލާހުތަކުގެ މަސައްކަތް ކުރިއަށް ދާނެކަން ރައީސް މިއަދު ހާމަކުރެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ: 

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނޭ ގޮތަށް ހިފެހެއްޓުން 

  • މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން

ފާހަގަކޮށްލެވޭ - މީގެ އިތުރަށް ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ނުގެނައި ނަމަވެސް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން ފަދަ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭކަންކަން ހާސިލްކުރަން ގެންނަން ޖެހޭ މަދު އިސްތިސްނާ ބަދަލުތައް ގާނޫނުއަސާސީއަށް ގެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އެނގުން މުހިންމު - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ބޭއްވި ވޯޓުގައި ބޮޑު އަގުލަބިއްޔަތަކުން ވަނީ އެކަމަށް "ނޫނެކޭ" ބުނެފަ އެވެ. އެގޮތުން: 

  • އިސްލާހާ ދެކޮޅަށް: %69 (148,859 ވޯޓު)

  • އިސްލާހަށް ތާއީދުކޮށް: %31.26 (67,680 ވޯޓް)

ކޮމެންޓް (4)

ސިކުނޑި

21 އޭޕްރީލު 2026
ރައީސް ވިސްނަވާގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނު! ވަރަށް ސާފުކޮށް ރައްޔިތުންނާއި ކުރި ސުވާލަކަށް ނޫނެކޭ ބުނީމާ ރައްޔިތުންގެ ވިންދާއި، ކުރިއަށް ތަނުގައި މަސައްކަތް ކުރަންވީ ގޮތްވެސް އެނގިއްޖެޔޯ!! އެސުވާލުގައި ނެތް ރައީސް ވެރިކަން ކުރައްވަމުން ދާގޮތާމެދު ޚިޔާލަކަށް އަހާފައި! ހަގީގަތުގައި އެ ނަތީޖާއިން ރައްޔިތުން ބުނެދިން އެއްޗެއް ރައީސަށް ފަހުމެއް ނުވޭ! އެކަމަކު މުޅި ވެރިކަން ހިންގުމުގެ ނިޒާމު ހަލުވަނީ އެނަތީޖާއޭ ކިޔައިގެން! ހަގީގަތުގައި އެ ވޯޓުން ދޭހަވާ މާނައަކީ، ރައީސަށް ރައްޔިތުން އިތުބާރެއް ނުކުރެޔޭ! ގެއްލިއްޖެ އިތުބާރެއް އަނބުރާ ހޯދަން ވަރަށް އުނދަގޫވާނެ! އަމިއްލަ ބޯ ބޭލިޔަސް އެކަމެއް ނުވާނެ! ރައްޔިތުންނާއި ޕަޓީ އާއި އެކުގައި މަސައްކަތްކުރީ މީހުން ކުށްވުރިކޮށް ވާހަކަ ދެއްކުމަކީ ޣައިރު ޒިންމާދާރު ކަމެއް! ހުރިހާކަމެއްގެ ޒިންމާ ހަވާލުކޮށްފައި ހުރީ ރައީސާ! ކީއްވެގެންތޯ؟ ދެ އަހަރު ވަންދެން އެސްއޯއީތަކަށް ސިޔާސީ ވަޒީފާ އިތުރުކޮށް ވޯޓަށް މީހުންނަށް ވަޒީފާދިނީ! ރައީސް ވާހަކަ އެއްކޮށް އަޑުއަހާލި މީހެއްވިއްޔާ އިނގޭނެ ޚުދުރައީސްވެސް އެކަމަށް އިއުތިރާފުވެއްޖެ! އެއީ ސާފުސީދާ ކަރަޕްޝަން!
1 0

ޖުހާ

21 އޭޕްރީލު 2026
މީހުން ބުނާނެ ނާސިރަކީ ޚުދުމުހުތާރު ވެރިއެކޭ މައުމޫނާ. އެނގޭތަ އޭރު އަތޮޅުވެރިން އައްޔަނުކުރާގޮތް. އަތޮޅު ކޮމިޓީ އެއް އޮންނާނެ އެއަތޮޅު ކޮމިޓީގައި ތިބޭނީ އަތޮޅުގެ ކޮންެމެ ރަށަކުން މީހަކު އެމީހުން ވޯޓުން ހޮވާ މީހަކު އަތޮޅު ކޮމިޓީގެ ރައީސަކީ. އަތޮޅު ކޮމިޓީގެ ރައީސަކީ އަތޮޅު ވެރިޔާ. ޑިމޮކްރަަސީ ގެނައޭ ކިޔާ ތިމަންނަ މެންނޭ ކިޔާމީހުން އެވާހަކަ ދައްކަނީ ރާއްޖޭގެ ތާރީޚު އޮޅުވާލައިގެން. ދެން އޮތީ ކަތީބު. ކަތީބަށް ލާހިކެއްނޫން ރައްޔިތުން އެންމެން އެއްކޮށް އަހައިގެން ނޫނޫނީ ބޮޑު ކަމެއް ކޮށްލާކަށް. އަދި އަހާފަ ފަހުންވެސް ހަރުކުލައިގެ މީހުންނާ މަސްވެިރން ކައިރީ މި ގެންދަނީ ރަގަޅަށް ހޭ އަހާނެ. ބައެއްފަހަރު ކަތީބު އެމީހުން ފަހާ ދުވާވަރުން ބޮލަށް އުނދަގުލޭ ވެސް ކިޔާ. އެހެން ހުއްޓާ ޕާޓީ ވޯޓު ލަންފެށ. ފެށީމަ އެމީހުންގެވަޒީގެ ވެރިއަކަށް ވ ީޕާޓީ.މި ވީގޮތަކީ އެމީހުން ޚިދުމަތް ކުރަނީ ރަށަކަށްވެސް ނޫން، ގައުމަކަށްވެސް ނޫން. ރައްޔިުތްނނަކަށްވެސް ނޫން. ޕާޓީ އަށް މާލޭގެ ނޫނީ ރަށުގެ ކޮންމެވެސް ގަބީލާއަަކަށް. އެނިމުނީ. ކިހިނެތް މިކަން ބަދަލުކުރާނީ ބަހުސް ކޮށްބަލަ
2 0

ހެހެ

20 އޭޕްރީލު 2026
ކުރަން އުޅުނު ހީލަތްތެރި ރޭވުންތައް އަތައްގޮވީމަ، ބިރުގަތީދޯ
5 0

ތެފައާސާ.

20 އޭޕްރީލު 2026
އެއްދުވަހު ހެނދުނު ހޭލައިގެން ހަމަ އެދުވަހު ހުށައަޅައިގެން އެދުވަހު ބަހުސްކޮށް އެދުވަހު ފާސްކޮށް އެދުވަހު ތަސްދީގުކޮށްގެން ގާނޫނު އަސާސީއަށް ގެނެސްފައިހުރި އިސްލާހުތައްވެސް ލަސްނުކުރައްވައި "އުނބަށް ޖެއްސެވުމަށް" މަނިކުފާނަށް އިހުތިރާމާއިއެކު އިލްތިމާސްކުރަން.
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް