ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވި މުހައްމަދު އަނިލް(ފޮޓޯ/ފުލުހުން)
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށް
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވި މީހަކަށް 16 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ވީ ކިހިނެއް؟ - މި ހުކުމް އިއްވާފައިވަނީ، 11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި، މުހައްމަދު އަނިލް، 47، މ. މުނިޔާގެ މައްޗަށެވެ.
ތަފްސީލް - 'ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު'ގެ ދަށުން އުފުލި މި ދައުވާ އަނިލްގެ މައަޗަށް ސާބިތުވާ ކަމަށް ކަނޑައެޅީ، ދިޔަ ބުދަ ދުވަހެވެ.
މި މައްސަލާގައި:
-
އޭނާގެ މައްޗަށް އިއްވީ 16 އަހަރުގެ ޖަލު ހުކުމެއް
-
ބަންދުގައި 4 މަހާއި 19 ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ، 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބެއް