މިދިޔަ 4 އޭޕްރީލްގައި ބޭއްވި ކައުންސިލް އިންތިހާބުގައި މީހަކު ވޯޓު ލަނީ (ދައުރު ފޮޓޯ/ޓީޕީޕީ)

ަނަތީޖާ އެއްވަރުވި 5 ގޮނޑީގެ 2 ވަނަ ބުރުގެ ވޯޓުލުން ފަށައިފި

ނަތީޖާ އެއްވަރުވެގެން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނީ ކައުންސިލްގެ ދެ ގޮނޑިއަކަށާއި އަންހެނުންގެ ކޮމިޓީގެ ތިން ގޮނޑިއަކަށް
18 އޭޕްރީލު 2026

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ނަތީޖާ އެއްވަރުވެގެން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދަން ޖެހިފައިވާ ފަސް ގޮނޑީގެ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ވީކިހިނެއް؟ - މިދިޔަ 4 އޭޕްރީލްގައި ބޭއްވި ދެ އިންތިހާބުގެ ނާތީޖާ ދައްކާ ގޮތުން، ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑި އަދި އަންހެނުންގެ ކޮމިޓީގެ ތިން ގޮނޑިއާ އެކު ޖުމްލަ ފަސް ގޮނޑިއަކަށް އެންމެ މަތިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފަ އެވެ. އެއީ:

  • ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި؛ ޕީއެންސީ ކެންޑިޑޭޓު އައިޝަތު މުނާ އާއި އެމްޑީޕީ ކެންޑިޑޭޓު އާމިނަތު ރަފާހް، 113 ވޯޓު

  • ފުވަމުއްލަކު ދަނޑިމަގު ދާއިރާ؛ ޕީއެންސީ ކެންޑިޑޭޓު އައިޝަތު އަބްދުލް ގާދިރު އާއި އަމިއްލަ ކެންޑިޑޭޓު ޝިޒާ އިބްރާހިމް، 484 ވޯޓު

  • ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސް؛ އެމްޑީޕީ ކެންޑިޑޭޓު މަހުދިއްޔާ އާދަމް އާއި ޕީއެންސީ ކެންޑިޑޭޓު ހައްވާ ފަޒްނާ، 587 ވޯޓު

  • ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު؛ ޕީއެންސީ ކެންޑިޑޭޓު ފާތިމަތު ރިއުޒާ އާއި އަމިއްލަ ކެންޑިޑޭޓު ފާތިމަތު ނިޝާދާ، 300 ވޯޓު

  • ލ. މާވަށް އަންހެނުންގެ ކޮމިޓީގެ މެންބަރު؛ ޕީއެންސީ ކެންޑިޑޭޓު ފާތިމަތު ޝަފިއްޔާ އާއި އެމްޑީޕީ ކެންޑިޑޭޓު މަރިޔަމް މާއިޝާ، 564 ވޯޓު

ތަފްސީލް - އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނީ ހެނދުނު 8 އިން ފެށިގެން ދެވަނަ ބުރުގެ ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދާ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހަވީރު 4 ޖަހަންދެނެވެ.

ދެވަނަ ބުރުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ގޮނޑި ނިސްބަތްވާ ރަށުގެ އިތުރުން މާލޭގަ އެވެ. އެ ގޮތުން ބަހައްޓާފައިވަނީ ޖުމުލަ 14 ވޯޓު ފޮށި ކަމަށް އީސީން ބުންޏެވެ.

ފާހަގަކޮށްލެވޭ - ކައުންސިލް އިންތިހާބުގައި މައި ފަސް ސިޓީގެ މޭޔަރުން ހިމެނޭ ގޮތަށް ފުލް މެޖޯރިޓީ ލިބިފައިވަނީ އިދިކޮޅު އެމްޑީޕިއަށެވެ. ލޯކަލް ކައުންސިލްތަކުގެ ގިނަ ގޮނޑި ވެސް ހޯދީ އެމްޑީޕީންނެވެ. ނަމަވެސް އަންހެނުންގެ ކޮމިޓީތަކުގެ ގިނަ ގޮނޑި ޕީއެންސީން ހޯދި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް