ފެބްރުއަރީ 16، 2022: ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ފުލުހަކު ފޯރިމަރަން ޑިއުޓީގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުލުހުންގެ ކަސްަޓޯޑިއަލްގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

މަރުވެފައިވަނީ އަހްމަދު ނަވްޝާދު، 41، މ. ރޭއަލިވާގެއާގެ/ މާލެ. ފުލުހުންގެ މާލެ ކަސްޓޯޑިއަލްގެ ބަންދުގޮޅިއަކަށް ވެއްޓިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި
16 އޭޕްރީލު 2026

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުއްޓާ އިއްޔެ މަރުވި މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މަރުވެފައިވަނީ އަހްމަދު ނަވްޝާދު، 41، މ. ރޭއަލިވާގެއާގެ އެވެ. ފުލުހުން ބުނީ އޭނާ ބަންދުގޮޅިއަށް ވެއްޓިފައި އޮއްވާ ފެނުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

ތަފްސީލު - ބަންދުގައި ހުއްޓާ މަރުވި މީހަކަށް ވުމާ އެކު ފުލުހުން ބުނީ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ފުކުހުންގެ ފަރާތުން އެ މައްސަލަ ހިއުމަން ރައީޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އާ ވެސް މިހާރު ވަނީ ހިއްސާކޮށްފަ އެވެ.

އޭގެ އިތުރަށް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް