ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ފުލުހަކު ވަންނަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަރުވެފައިވަނީ އަހްމަދު ނަވްޝާދު (41އ)، މ. ރޭއަލިވާގެއާގެ/ މާލެ އެވެ.
ތަފްސީލު - ފުލުހުން ބުނީ އޭނާ ބަންދުގޮޅިއަށް ވެއްޓިފައި އޮއްވާ ފެނުނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އެ މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.
ފުކުހުންގެ ފަރާތުން އެ މައްސަލަ ހިއުމަން ރައީޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އާ ވެސް މިހާރު ވަނީ ހިއްސާކޮށްފަ އެވެ.
އޭގެ އިތުރަށް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.