ހުސްނުއްސުއޫދު ލިޔުއްވާފައިވާ 'ދިވެހިރާއްޖޭގެ ޓޯޓުގެ ގާނޫނު' ފޮތް ނެރުން
ހުސްނުއްސުއޫދުގެ 'ދިވެހިރާއްޖޭގެ ޓޯޓުގެ ގާނޫނު' ފޮތް ނެރެފި
'ދިވެހިރާއްޖޭގެ ޓޯޓުގެ ގާނޫނު'ގެ ނަމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވާ ފޮތް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން މިއަދު ނެރެފި އެވެ.
ވީ ކިހިނެއް؟ - މިއަދު މޯލްޑިވްސް ލޯ އިންސްޓިޓިއުޓުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ އެސްއެންޑްއޭ ލޯޔާޒް، ޓެކްސްގެ ޕާޓްނަރު ސަމާ ސައީދު އެވެ.
މި ފޮތް އަމާޒުކޮށްފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށެވެ.
ތަފްސީލު - ޓޯޓްއަކީ މަދަނީ އިލްތިޒާމްތަކުގެ ގާނޫނުގެ ތެރޭގައި ހިމެނޭ މަދަނީ ގޯސްތަކެވެ. ޓޯޓުގެ ގާނޫނުގައި ބަޔާންކުރަނީ މުޖުތަމައުގެ އެހެން ފަރުދުންނާ ދެކޮޅަށް މީސްމީހުންނަށް ލިބިގެންވާ ހައްގުތަކެވެ.
ޓޯޓުގެ ތެރޭގައި ހިމެނެނީ:
-
މީސްމީހުންގެ ހަށިގަނޑާއި ނަފްސަށް އެހެން މީހަކު ކުރާ އަނިޔާގެ ޓޯޓު
-
މީސްމީހުންގެ މުދަލަށްދޭ ގެއްލުމުގެ ޓޯޓު
-
މީސްމީހުންގެ ޒާތާއި އަމިއްލަ މިނިވަންކަމާއި ނަމާއި އަބުރަށް އަރައިގަތުމުގެ ޓޯޓު
-
މީސްމީހުންނަށް އިގްތިސާދީ ގޮތުން ގެއްލުން ދިނުމުގެ ޓޯޓު
-
މީސްމީހުންގެ އިހުމާލުން ނުވަތަ ފަރުވާ ކުޑަ ނުރައްކާތެރި، ނުވަތަ ބެލުމެއް ނެތް އަމަލެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ ޓޯޓު
-
މީސްމީހުންގެ ގޯތި ގެދޮރަށް ނުވަތަ ބިމަށް ވަނުމާއި ދައުލަތުގެ މުވައްޒަފުން އެމީހުންގެ މަގާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން މީސްމީހުންނަށް ލިބޭ ގެއްލުމުގެ ޓޯޓު
-
ރައްޔިތުންގެ މަޖިލީހުގެ ގާނޫނުތަކުގައި ބަޔާންކުރާ އެ ނޫނަސް އިތުރު ޓޯޓުތައް
މި ފޮތް ގަންނަން ލިބޭނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުގެ އޮފީހުންނެވެ.
ކޮމެންޓް (1)
ކޮމޮޑަސް