ކުޅުދުއްފުށި: އެ ރަށުގައި ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައި
ކުޅުދުއްފުށިން ގެއްލުނު މީހާ ފެނުނީ މޫދުއަޑިން މަރުވެފައި އޮއްވާ
ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ މީހާ އެ ރަށު ބޮޑަވަކިވާ ބީޗުގެ މޫދު އަޑިން މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - މަރުވެފައި އޮއްވާ ފެނުނީ ސުލައިމާން ހުސައިން، ބަޑިފަސްގަނޑުގެ/ ހދ. ކުޅުދުއްފުށި އެވެ.
ބުނީ ކީކޭ؟ - ފުލުހުން ބުނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 1:48 ހާއިރު ކަމަށެވެ.
ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މީހާ ފެނިފައިވަނީ މިއަދު 3 ހާއިރު، އެ ރަށު ބޮޑުވަކިވާ ބީޗު މޫދު އަޑިންނެވެ.
ފުލުހުން ބުނީ އެ މީހާ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.