މިނިސްޓަރު އާދަމް ނަސީރު. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ދިވެހި ބަހުގެ ދުވަހު ދިވެހި ބަހާ ބެހޭ މިނިސްޓަރު އިސްތިއުފާ ދޭން ޖެހިއްޖެ

ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރަކީ މިއަދު އިސްތިއުފާ ދެއްވި 10 ވަނަ މިނިސްޓަރު
14 އޭޕްރީލު 2026

ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އަބްދުﷲ ނަސީރު އިބްރާހިމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އޭނާ އިސްތިއުފާ ދެއްވީ ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓުގެ ބައެއް ވަޒީރުންނަށް އިސްތިއުފާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށެވެ.

އާދަމް ނަސީރަކީ މިގޮތަށް މިއަދު އިސްތިއުފާ ދެއްވި 10 ވަނަ މިނިސްޓަރެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނީ 10 މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ.

އެ މިނިސްޓަރުން މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި، ރައީސް ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެނގުން މުހިންމު - މިއަދު އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ

  • 1-

    ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

  • 2-

    ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

  • 3-

    ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް

  • 4-

    ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

  • 5-

    އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

  • 6-

    ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް

  • 7-

    ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

  • 8-

    ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު

  • 9-

    ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު

  • 10-

    ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް