ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުު (އަސްވާޑު) / ފޮޓޯ: ޔޫތު މިނިސްޓްރީ

ބްރޭކިންގް
ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އިސްތިއުފާ ދެއްވައިފި

ގިނަ މިިނިސްޓަރުންތަކެއް މިއަދު ވަނީ އިސްތިއުފާ ދެއްވާފައި
14 އޭޕްރީލު 2026

ޔޫތު މިނިސްޓަރުކަމުން އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ -  ޔޫތު މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވީ ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓުގެ ބައެއް ވަޒީރުންނަށް އިސްތިއުފާ ދިނުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށެވެ.  

ތަފްސީލް - އިބްރާހިމް ވަހީދުގެ އިސްތިއުފާއާ އެކު މިއަދުގެ މިހާތަނަށް 7 ވަޒީރަކު އިސްތިއުފާ ދެއްވާފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.

އިބްރާހިމް ވަހީދު ކެބިނެޓްގެ ވަޒީރަކަށް ވަޑައިގެންނެވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، 17 ނޮވެމްބަރު 2023ގަ އެވެ. 

މިހާތަނަށް އިސްތިއުފާ ދެއްވި އެހެން ވަޒީރުންނަކީ:

  • ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ހަލީލު

  • ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

  • ޝޯޝަލް މިނިސްޓަރު ޑރ.އައިޝަތު ޝިހާމް

  • ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

  • އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

  • ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް

މީގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ގުޅުން ހުރި - ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:

  • އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން

  • މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި

  •  އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި

  •  އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި 

  • ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް