14 އޭޕްރީލް 2026: ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. (ފޮޓޯ/ރައީސް އޮފީސް)

ތާށިވެފައި ހުރި 2،500 ކޮންޓެއިނަރު މި ހަފްތާގައި ގެނެވޭނެ: ސައީދު

ރާއްޖެއަށް ނުގެނެވި، ލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކުގެ އަދަދަކީ، މިދިޔަ ހަފްތާގައި 4،241. ސައީދު ލަފާކުރެއްވީ މިހާރު ބަނދަރުގައި އޮތް ބޯޓުތަކާ އެކު މި ހަފްތާގައި އަންނަން ހަމަޖެހިފައިވާ ބޯޓުތައް އައުމުން ބާކީ ހުންނާނެ ކަމަށް ލަފާކުރެވެނީ 1،741 ކޮންޓެއިނަރު ކަމަށް
14 އޭޕްރީލު 2026

ރާއްޖެއަށް ނުގެނެވި، ސްރީ ލަންކާގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކުގެ ތެރެއިން 2،500 ކޮންޓެއިނަރު މި ހަފްތާގައި ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ލަފާކުރައްވައިފި އެވެ.

މައްސަލައިގެ ފެށުން - ރާއްޖެއަށް މުދާ ގެނައުން ލަސްވުމާއި އެތެރެކުރާ މުދާ ކްލިއާ ނުކުރެވި ދިގުލައިގެންދާކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އޭގެ ފަހަތުގައި އޮތީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ޝިޕިން ހިދުމަތްތަކަށް ބުރޫ އެރުމާއި އެމްޕީއެލްގެ އެތެރޭގައި ހުރި މައްސަލަތަކެކެވެ.

މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ނުކުރެވޭތީ އެތައް ހާސް ކޮންޓެއިނަރުގެ މުދާ ރާއްޖެ ނުގެނެވި، ލަންކާގެ ބަނދަރުތަކުގައި ތާށިވެފައި ވެސް އެބަހުއްޓެވެ.

މާލޭ ވިޔަފާރި ބަނދަރު. (ދައުރު ފޮޓޯ)

ބުނީ ކީކޭ؟ - މިއަދު ރައީސް އޮފީހުގައިި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ލަފާކުރެއްވީ ލަންކާގައި ތާށިވެފައި ހުރި މުދާ ޝިޕްމަންޓުތަކުގެ ތެރެއިން ބޮޑު ބައެއް މި ހަފްތާގައި ގެނެވޭނެ ކަމަށެވެ.

"މިދިޔަ ހަފްތާގައި ހުރި ކަމަށް ދެންނެވިން 4،241 ކޮންޓެއިނަރު. ނަމަވެސް މިވަގުތު ބަނދަރުގައި އޮތް ބޯޓުތަކާ އެކު، މި ހަފްތާގައި އައުމަށް ހަމަޖެހިފައިވާ ބޯޓުތައް އައުމުން، މިހާރު ލަންކާގައި ހުންނާނެ ކަމަށް ލަފާ މި ކުރެވެނީ 1،741 ކޮންޓެއިނަރުގެ މުދާ،" އޭނާ ވިދާޅުވި އެވެ.

"ކޮލޮމްބޯ ޕޯޓް ކޮންޖެޝަން [ތާށިވެފައި ހުރި ކަމަށް ކުރިން ފާހަގަކުރަމުން އައި ކޮންޓެއިނަރުތަކުގެ އަދަދު] މި އަންނަނީ އާންމު ހާލަތަކަށް ބަދަލުވަމުން."

14 އޭޕްރީލް 2026: ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. (ފޮޓޯ/ރައީސް އޮފީސް)

އޭގެ އިތުރުން ސައީދު ވިދާޅުވި ގޮތުގައި:

  • މިވަގުތު ބަނދަރުގައި އޮތް އުޅަނދެއްގައި 1،200 ޓީއީޔޫގެ މުދާ އެބަހުރި

  • މި ހަފްތާގެ ތެރޭގައި 2،500 ޓީއީޔޫގެ މުދާ މާލެ އައުމަށް ވަނީ ހަމަޖެހިފައި؛ އެއީ 12 އާއި 13 އޭޕްރީލްގައި، ކޮންމެ ދުވަހަކު 500 ކޮންޓެއިނަރު އަދި މިއަދު 1،500 ކޮންޓެއިނަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް