ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން ހުއްޓައެއްނުލާނެ: ތަރުޖަމާނު
ރައީސް މުހައްމަދު މުއިއްޒުގެ ޝެޑިއުލަށް ބަދަލު އަންނަ ކަމެއް ދިމާނުވާނަމަ ކޮންމެ ހޯމަ ދުވަހެއްގައި އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން ގެންދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީިކިހިނެއް؟ - ކޮންމެ ހޯމަ ދުވަހެއްގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖައްސަވައި، އާންމު އުސޫލެއްގެ ތެރެއިން އެ ކަން ކުރިއަށް ގެންދަވާނެ ކަން ރައީސް އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. އެ ގޮތުން:
-
މި އަހަރު މާޗު މަހުން ފެށިގެން އާންމު އުސޫލުގެ ތެރެއިން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10 ޖަހާއިރުން ފެށިގެން 11 ޖަހަންދެން ނޫސްވެރިންނާ ބައްދަލުކުރައްވާނަން
-
ބައްދަލުވުން ނޫބޭއްވޭނީ ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫން ވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު
އެހެން ނަމަވެސް 4 އޭޕްރީލްގައި ބޭއްވި ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުން ސަރުކާރު ބޮޑުތަނުން ބަލިވެފައިވަނިކޮށް، އިންތިހާބާ ގުޅުވައި މިދިޔަ ހަފުތާގެ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހަކަށް ހެދި އެވެ. އޭގެ ފަހުގައި އުމްރާގެ ދަތުރުފުޅެއް ކުރެއްވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު މާލެ ވަޑައިގަތް ނަމަވެސް، މިއަދު ވެސް ބައްދަލުވުން ނުބާއްވަ އެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅިގެން ހީނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ނޫސްވެރިންގެ ބައްދަލުވުން އޮންނާނެ ކަމަށް ރައީސް އިއުލާންކުރައްވަމުން ރައީސް ދެއްކެވި ވާހަކަ ހިމަނުއްވާފަ އެވެ. އަދި ރައީސްގެ ޝެޑިއުލަށް ބަދަލު ނާންނަނަމަ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް އޮތް ހަފުތާތަކުގައި ބާއްވަމުންދާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
"ވީމާ، ކުރިއަށް އޮތް ހަފުތާތަކުގައި ވެސް މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭގޮތް ދަންނަވަމުން ގެންދާނަމެވެ،" ހީނާ ލިއުއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން 1 މާރިޗް 2026 ން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ ވާހަކަ ދަންނަވަމެވެ.
— Heena Waleed (@MvSpokesperson) April 13, 2026
ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ގޮތާބެހޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން…
ފާހަގަކޮށްލެވޭ - ރައީސް އެ ކަން އިއުލާންކުރެއްވި ފަހުން މިހާތަނަށް ބޭއްވީ ތިން ނޫސްވެރިންގެ ބައްދަލުވުމެކެވެ. އެއީ:
-
2 މާޗު، 23 މާޗު، އަދި 30 މާޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
-
އެ މުއްދަތުގެ ތެރޭގައި ހޯމަ ދުވަސް އައި 9 މާޗު އަދި 16 މާޗުގައި ނޫބޭއްވީ ސަރުކާރު ބަންދު ދުވަސްތަކެއް އެ ދެމެދަށް ވަނުމުން
ކޮމެންޓް (3)
ކޮސް
ތެފައާސާ.
ސިކުނޑި