ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުން: އޭނާ ސިފައިން ގެއިން ރިޓަޔާ ކުރެއްވިޔަސް އަދިވެސް އަދާ ކުރައްވަމުން ގެންދަނީ އެންސީޓީސީގެ އިސް ވެރިޔާގެ މަގާމު (ފޮޓޯ/އެމްއެންޑީއެފް)
ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވިޔަސް، ޒަކަރިއްޔާ މަންސޫރު އަދިވެސް އެންސީޓީސީގެ އިސްވެރިޔާގެ މަގާމުގައި
ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވިޔަސް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަދި ވެސް ހުންނެވީ ކައުންޓާ ޓެރަރިޒަަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައިކަން އެނގިއްޖެ އެވެ.
ސިފައިން ގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، މިދިޔަ ޑިސެމްބަރު 9 ވަނަ ދުވަހު ޒަކަރިއްޔާ މަންސޫރު ވަނީ ސިފައިން ގޭގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފަ އެވެ. އޭނާ ރިޓަޔާ ކުރެއްވުމާ އެކު ބެލެވުނީ ސަލާމަތީ ހިދުމަތުން އޭނާ މުޅިން ދުރުވެވަޑައިގަތީ ކަމަށެވެ.
ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވިޔަސް، މަންސޫރު އަދި ވެސް އަދާ ކުރައްވަމުން ގެންދަވަނީ ކުރިން ވެސް އަދާ ކުރައްވަމުން ގެންދެވި އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމެވެ. މިކަން އޭނާ ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އެންސީޓީސީ އަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސެންޓަރެކެވެ. ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސިޔާސީ މަގާމެކެވެ. އެހެންކަމުން ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވިޔަސް، އެ މަގާމު މަންސޫރަށް ނުގެއްލޭނެ އެވެ.
އެނގުން މުހިންމު - މަންސޫރު ސިފައިންގެ ހިދުމަތާ ގުޅިވަޑައިަގަތީ 1984 އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. ކެރިއަރުގެ ގިނަ ދުވަަސް ކޯސްޓްގާޑުގައި ހިދުމަތް ކުރެއްވި މަންސޫރު ސިފައިންގެ އެހެން ދާއިރާތަކުގެ އިސް މަގާމުތައް ވެސް އަދާ ކުރެއްވި އެވެ.
މަންސޫރު ކުރިން އަދާ ކުރެއްވި މަގާމުތައް:
-
ކޯސްޓުގާޑުގެ ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމާއި ޑެޕިޔުޓީ ޑެރެކްޓާ ޖެނެރަލްކަން އަދި ކޮމަޑާންޓްގެ މަގާމު
-
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމު
-
ސިފައިންގެ އެކުވެރި ކުންފުންޏާއި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމެންޓު ކޮމެޓީގެ ޗެއާމަންކަން
-
ޓްރެއިނިން އެންޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރުކަން
-
ކައްދޫ އެއާޕޯޓު ކޮމްޕެނީގެ އެމްޑީކަން
-
އެމްއެންޑީއެފްގެ ޗީފް ސްޕޯކްސްޕާސަންކަން
-
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު
ކޮމެންޓް (1)
ކައުންޓާރ ޓެރަރިޒަމް