ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ފްލެޓަށް ލާން ސުންގަޑި ހަމަވަނީ؛ އަދިިވެސް ޝަރުތުތައް ބަދަލުކުރަނީ

ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލީ 18 ޖެނުއަރީ 2026ގައި. އޭގެ ފަހުން މިވީ މުއްދަތުގެ ތެރޭގައި ހައުސިން މިނިސްޓްރީއިން އަންނަނީ އިއުލާންކުރިއިރު އަމިއްލައަށް ކަނޑައެޅި ޝަރުތުތައް ބަދަލުކުރަމުން

ސުންގަޑި ހަމަވާން ތިން ހަފުތާއަށް ވުރެ ކުޑަތަން ވެފައި އޮއްވާ އާއިލީ ބޯހިޔާވަކަން ޕްރޮގްރާމުގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 18 ޖެނުއަރީ 2026ގަ އެވެ.

ތަފްސީލު - ފްލެޓަށް ލާން ދިން މުއްދަތު އިތުރުކޮށް، އެންމެ ފަހުން ދީފައި އޮތް ސުންގަޑިއަކީ 30 އޭޕްރީލެވެ.

މިހާރު މިނިސްޓްރީން އިސްލާހު ކުރަމުން އަންނަނީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން 'ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ'ގެ ޝަރުތުތަކެވެ.

"އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން 'ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ'ގެ ޝަރުތުތައް އިސްލާހުކޮށް، ވަކިން ފްލެޓަށް އެދި ހުށަހެޅުމަށް މި މިނިސްޓްރީއިން ހުޅުވާލިއިރު، ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުމުގެ މަސައްކަތް ކުރެވެމުންދާ ވާހަކަ ދަންނަވަމެވެ،" މުއްތަލިބު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އެނގުން މުހިންމު - ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިގެން މިވީ މުއްދަތުގެ ތެރޭގައި ހައުސިން މިނިސްޓްރީއިން އަންނަނީ އިއުލާންކުރިއިރު އަމިއްލައަށް ކަނޑައެޅި ޝަރުތުތައް ބަދަލުކުރަމުންނެވެ.

ކޮމެންޓް (1)

ސިކުނޑި

12 އޭޕްރީލު 2026
މިސަރުކާރުގެ ހުންނަނީ މުޅިންވެސް ދެއުޅި އެއްނުވާ ސިޔާސަތުތައް! އެހެންވެގެން އުނބަށް ޖަހަންޖެހެނީ! މިދެން ފުކެއް ބޮޑުވަރު!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް