މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައި. (ފޮޓޯ/އެމްޓީސީސީ)

އެމްޓީސީސީ

މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

ޖުމްލަ 17.6 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާފައިވޭ

މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުނީ މިދިޔަ މަހުގެ 23ގަ އެވެ.

މިއީ:

  • 17.6 މިލިއަން ރުފިޔާގެ މަޝްރޫއެއް

  • މި މަޝްރޫއުގެ ދަށުން، 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާފައިވޭ

މުހިންމުވަނީ ކީއްވެ؟ - މުލަކަކީ، އުދައެރުން ފަދަ ކަންކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެގޮތުން، ގޮނޑުދޮށް ކައިރީގައި ހުންނަ ބައެއް ގެތަކަށް ލޮނު ވަދެ، މުދަލަށާއި ގެދޮރަށް ގެއްލުން ލިބިފައި ވެސް އެބަހުއްޓެވެ.

  • މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައި. (ފޮޓޯ/އެމްޓީސީސީ)
  • މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައި. (ފޮޓޯ/އެމްޓީސީސީ)
  • މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައި. (ފޮޓޯ/އެމްޓީސީސީ)

އެނގުން މުހިއްމު - މިދިޔަ ތިން އަހަރުގެ ތެރޭގައި، ބަނދަރު ހެދުމާއި ބިން ހިއްކުން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 42 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް