މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ ތެރޭން (ދައުރު ފޮޓޯ/ޓީޕީޕީ)

އަލުން ގުނުމުން ވެސް ވޭވަށު ކައުންސިލުގެ ގޮނޑި އެމްޑީޕީއަށް

މި ފޮށީގެ ވޯޓު އަލުން ގުނިއިރު ދެ ވޯޓެއް ބާތިލު ކަމަށް ކަނޑައެޅުމުން ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ވެސް އެއް ވޯޓު ވަނީ މަދުވެފައި

މައްސަލަ ޖެހިގެން އަލުން ގުނި މ. ވޭވަށު ކައުންސިލުގެ މެމްބަރުކަމުގެ ގޮނޑި ކުޑަ ތަފާތަކުން އެމްޑީޕީން މިއަދު ކަށަވަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ނިމިދިޔަ ކައުންސިލް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، ވޭވަށު ކައުންސިލުގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ކައުންސިލް މެމްބަރުކަމުގެ ދެ ގޮނޑީގެ ތެރޭން އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. މެމްބަރުކަމުގެ އަނެއް ގޮނޑި ކާމިޔާބުކުރި ކަމަށް ދައްކަނީ އެމްޑީޕީންނެވެ.

ކުރީގެ ނަތީޖާގައި ވާގޮތުން، ދެ ވޯޓުގެ ތަފާތަކުން މި ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ 122 ވޯޓު ލިބިގެންނެވެ. ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ކަމަށް ދައްކަނީ 120 ވޯޓެވެ.

ތަފްސީލް - މި ގޮނޑީގެ 1 ނަންބަރު ފޮށީގެ ވޯޓު މިރޭ އަލުން ގުނާފައިވަނީ އެ ފޮށީގެ ވޯޓު ގުނާފައިވާ ގޮތާ މެދު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.

މި ފޮށީގެ ވޯޓު އަލުން ގުނިއިރު ދެ ވޯޓެއް ބާތިލު ކަމަށް ކަނޑައެޅުމުން ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ވެސް އެއް ވޯޓު ވަނީ މަދުވެފަ އެވެ. އެ ފޮށިން ޕީއެންސީ ކެންޑިޑޭޓަށް ލިބުނީ 83 ވޯޓެވެ. އަދި އެމްޑީޕީ ކެންޑިޑޭޓަށް ލިބުނީ 76 ވޯޓެވެ.

އެހެންކަމުން މި ފޮށީގެ މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން: 

  • އެމްޑީޕީ ކެންޑިޑޭޓަށް މުޅި ޖުމްލަ ލިބުނީ 121 ވޯޓު

  • ޕީއެންސީ ކެންޑިޑޭޓަށް ޖުމްލަ ލިބުނީ 119 ވޯޓު

ކޮމެންޓް (1)

ތެފައާސާ.

11 އޭޕްރީލު 2026
އަލުން ގުނުން ކީއްކުރަން އަލުން ވޯޓު އެޅިޔަސް ނެތް ތާއީދެއް ނޯންނާނެ ދޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް