މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) މުލިއާގެއިން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މެންބަރު ތޯރިގުގެ ނުފޫޒުގަދަ މަހިބަދޫ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަކަށް ނުލިބުނު

އެންމެ ފަހުން ބޭއްވި ތިން މަޖިލިސް އިންތިހާބުގައި މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ތޯރިގު؛ މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުތަކުގައި ވެސް މަހިބަދޫގެ މެޖޯރިޓީ ހޯދީ ޕީޕީއެމް ނުވަތަ ޕީއެންސީން

މިދިޔަ ތިން މަޖިލިސް އިންތިހާބުގައި ވެސް މަހިބަދޫ ދާއިރާ ކާމިޔާބުކުރެއްވި، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އަހުމަދު ތޯރިގުގެ ނުފޫޒު އަބަދު ވެސް ގަދަކޮށް ފެނުނު މަހިބަދޫ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް މި ފަހަރު ނުލިބި ހިނގައްޖެ އެވެ.

ވީކިހިނެއް؟ - މި ފަހުން ބޭއްވި އިންތިހާބުތަކުގައި ޕީޕީއެމް-ޕީއެންސީން ބޮޑު ތަނުން ކުރި ހޯދާ މަހިބަދުއަށް މި ފަހަރުގެ ކައުންސިލް އިންތިހާބަށް ގިނަ ގޮނޑިތަކަށް އިދިކޮޅު އެމްޑީޕީން ވާދައެއް ވެސް ނުކުރެ އެވެ.

އެކަމަކު ވެސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަކަށް ނުލިބެ އެވެ. އެގޮތުން:

  • ޕީއެންސީއަށް ލިބުނީ ދެ ގޮނޑި؛ އެއީ ކައުންސިލްގެ ދެ ގޮނޑި

  • އެމްޑީޕީއަށް ވެސް ދެ ގޮނޑި ލިބުނު؛ އެއީ ކައުންސިލްގެ ރައީސްގެ ގޮނޑި އަދި ކައުންސިލްގެ ގޮނޑިއެއް

  • ބާކީ އިން ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެއް

ތަފްސީލް - މަހިބަދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއަށް މައި ދެ ޕާޓީން ވެސް ކުރިމަތިލި އެވެ. ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. އެ ގޮނޑީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން:

  • މޫސާ މުހައްމަދު (އެމްޑީޕީ) - 813 ވޯޓު، %57

  • ރަޝާދު އަލީ (ޕީއެންސީ) - 609 ވޯޓު، %43

އަންހެނުންނަށް ކައުންސިލްގައި ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލީ ޕީއެންސީގެ ދެ ކެންޑިޑޭޓުންނާއި އެމްޑީޕީގެ އެންމެ ކެންޑިޑޭޓެކެވެ. މި ދެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީން ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓާއި ޕީއެންސީގެ ކެންޑިޑޭޓެކެވެ. އެގޮތުން:

  • މުނީފާ އާދަމް (ޕީއެންސީ) - 899 ވޯޓު

  • ޒައީމާ މުހައްމަދު (އެމްޑީޕީ) - 818 ވޯޓު

  • ޝައުފާ އާދަމް (ޕީއެންސީ) - 619 ވޯޓު

މަހިބަދޫގައި ވާދަވެރިކަން ބޮޑުކޮށް ދިޔައީ ކައުންސިލްގެ ބާކީ ދެ ގޮނޑިއަށެވެ. އެ ދެ ގޮނޑިއަށް ހަ ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ޕީއެންސީގެ ދެ ކެންޑިޑޭޓުން، އެމްޑީޕީގެ ދެ ކެންޑިޑޭޓުން އަދި އަމިއްލަ ދެ ކެންޑިޑޭޓެކެވެ. ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓެކެވެ. އެގޮތުން:

  • މުހައްމަދު މައުމޫން (ޕީއެންސީ) - 642 ވޯޓު

  • ބުންޔާމީން ހަސަން (އަމިއްލަ) - 482 ވޯޓު

  • އިބްރާހީމް ޝާތިރު (ޕީއެންސީ) - 433 ވޯޓު

  • އިބްރާހީމް ވަސީފް އާދަމް (އެމްޑީޕީ) - 397 ވޯޓު

  • އިބްރާހީމް އަރުޝަމް (އެމްޑީޕީ) - 283 ވޯޓު

  • މުހައްމަދު އިރުޝާދު (އަމިއްލަ) - 233 ވޯޓު

ވަގުތީ ނަތީޖާ ދައްކާ ގޮތުން، މަހިބަދޫގެ ފަސް ގޮނޑީގެ ތެރެއިން ޕީއެންސީއަށް ލިބެނީ ދެ ގޮނޑި އެވެ. އިދިކޮޅު އެމްޑީޕީއަށް ކައުންސިލްގެ ރައީސްގެ ގޮނޑި ހިމެނޭހެން ދެ ގޮނޑި ލިބެ އެވެ. ދެން ހިމެނެނީ އަމިއްލަ ކެންޑިޑޭޓަކު ކާމިޔާބުކުރާ ގޮނޑިއެކެވެ.

ކޮމެންޓް (3)

މައިނާ ދޫނި

6 އޭޕްރީލު 2026
ޓޮމް ގެ މަކަރާ ހީލަތް އަދި ކިރިޔާ މަހިބަދޫ ރައްޔިތުންނަށް އެގެންފެށީ
0 1

މައިނާ ދޫނި ދަ ބަރޑް

6 އޭޕްރީލު 2026
މަހިބަދޫ މީހުންނަށް އިނގޭ މިހާރު ޓޮމްގެ ގޮތް، ފައިސާ އަކަށް، ވަޒީފާ އަކަށް ނުގުޑި ދޯ!!
1 3

ތެފައާސާ.

6 އޭޕްރީލު 2026
ކެމްޕޭނު މެނޭޖަރ އޮނަރަބަލް ފަލާހު ވިދާޅުވެފައި އޮތީ ކޮންމެ ދާއިރާއަކުން ކެމްޕޭނު ޓީމުތައް އައީ ބޮޑު ފޮތެއް ހިފައިގެންނޭ، ދެން ތިމަން މަނިކުފާނު ހައިރާންވެގެން ބަލަންހުރެފައި ބުނީމޭ ތިޔަ ތިއްބެވީ ﷲގެ ރަޙްމަތްފުޅުން ހޮވިފައޭ މިހާރު. ފޮތުގެ އެތެރޭގައި ހުރި އެއްޗެއް ބަލައިލާން ހަނދާންނެތުނީމާ ވީގޮތެއްކަމަށްވެސް ވެދާނެ!!
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް