ބަންޑުންޖަހާލި ރޭސިން ލޯންޗު ފެލިދޫ ފަޅުތެރޭގައި

އިންޑިއާގެ މަހުޖަނުގެ ލޯންޗު ބަންޑުންޖަހާލި ދިމާ އަޑިން މީހެއްގެ އަތެއް ފެނިއްޖެ

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކެެއްގެ އަތް ބުރިވެފައިވޭ؛ އޭނާ ފަރުވާ ހޯދަމުންދަނީ އިންޑިއާގައި

ވ. ފެލިދޫ ކައިރިން ހަތް މީހުންނާ އެކު ދަތުރު ކުރަނިކޮށް، އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގާނިޔާގެ ރޭސިން ލޯންޗު ބަންޑުންޖަހާލި ސަރަހައްދުގެ ކަނޑު އަޑިން މީހެއްގެ އަތެއް ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 17ވަނަ ދުވަހުގެ ރޭ 1:15 ހާއިރު އެ ލޯންޗު ބަންޑުންޖަހާލީ ވ. ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދުއްވަމުންދަނިކޮށެވެ. މި ހާދިސާގައި ދެ މީހަކު ކަނޑަަށް ގެއްލި، އަދިވެސް ނުފެނެ އެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކެެއްގެ އަތް ބުރިވެފައިވެ އެވެ. އޭނާ މިހާރު ފަރުވާ ހޯދަމުންދަނީ އިންޑިއާގަ އެވެ.

ތަފްސީލް - ފުލުހުން ބުނިގޮތުގައި ފުލިދޫ ޝާކް ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށް، އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާކަމުގެ ރިޕޯޓު މިއަދު ލިިބިފައިވެ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އަތްބުރި ފެނުނީ، ލޯންޗު ބަންޑުން ޖަހާލި ސަރަހައްދާ މާ ދުރުނޫން ހިސާބަކުން ކަމަށްވެ އެވެ. 

އެނގުން މުހިންމު - މި ހާދިސާ ހިނގީ މަސްތުގެ ހާލަތުގައި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކަމަށްވެ އެވެ. ލޯންޗުގެ ރިކޯޑްތަކުން ދައްކާ ގޮތުން އެ ލޯންޗު ގަޑިއަކު 72 މޭލަށް ދުއްވާފައިވެ އެވެ. އެ ހާދިސާ ހިނގިއިރު ލޯންޗު ދުއްވަމުންދިޔައީ ސިންގާނިޔާ އެވެ.

މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި ސިންގާނިޔާ ވެސް ހިމެނެ އެވެ. އޭނާއަށް ފެލިދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ. އެކަމަކު، ޖެހިގެން އައި ދުވަހު އޭނާ ވަނީ އިންޑިއާއަށް ފުރާފަ އެވެ. 

އެނގިފައިވާގޮތުގައި ރާއްޖޭގައި ހުރިއިރު، ތަހުގީގަށް އެއްވެސް މައުލޫމާތެއް ދިނުމަށް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް