އުމަރު ނަސީރު، 'ދައުރު'އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އުމަރު ނަސީރު

އުމަރުގެ ހިޔާލަކީ މަޖިލީހާއި ކައުންސިލް އިންތިހާބު އެއްކޮށްލުން

އުމަރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިހާބު އެއްކުރުމަށްފަހު އެންމެ ކުޑަ އިންތިހާބު ބޮޑު ހަރަދުކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަމަށް

އިންތިހާބުތަކެއް އެއްކޮށްލާ ނަމަ އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިހާބު ނޫން ކަމަށާއި އެއްކޮށްލަން ވާނީ އެންމެ ކުޑަ ދެ އިންތިހާބު ކަމަށްވާ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު މެއި 2029ގައި ހަމަ ވުމުގެ ބަދަލުގައި އޭގެ 6 މަސް ކުރިން 1 ޑިސެމްބަރު 2028 ހަމަވާ ގޮތަށް ދައުރު ކުޑަކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް މަޖިލީހަށް ހުށަހެޅީ ސަރުކާރުންނެވެ. 

ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ވަނީ ބިލު ތަސްދީގުކުރަން ފޮނުވައިފަ އެވެ.

މަޖިލީހުގެ އުމުރަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިގެން ކަމަށް ގާނޫނުއަސާސީގައި އޮންނާތީ، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ބެލުމަށް އަންނަ ހޮނިހިރު ދުވަހު ވޯޓެއް ނަގަން ވަނީ ނިންމާފަ އެވެ. އެ ގޮތުން:

  • މި ބިލު ތަސްދީގު ކުރުމަށް ފެންނަ މީހުން ވޯޓު ލާން ޖެހޭ ގޮތަކީ ވޯޓު ކަރުދާހުގައި އޮންނަ 'އާނއެކޭ' ލިޔެފައިވާ ގޮޅި ކައިރީގައިވާ ގޮޅީގައި ރަނގަޅު ފާހަގައެއް ޖަހައިގެން

  • މި ބިލު ތަސްދީގު ކުރުމަށް ނުފެންނަ މީހުން ވޯޓު ލާން ޖެހޭ ގޮތަކީ ވޯޓު ކަރުދާހުގައި އޮންނަ 'ނޫނެކޭ' ލިޔެފައިވާ ގޮޅި ކައިރީގައިވާ ގޮޅީގައި ރަނގަޅު ފާހަގައެއް ޖަހައިގެން

ބުނީ ކީކޭ؟ - މިހާރު ވޯޓު ނަގާ ގޮތާ ދެކޮޅު ހައްދަވައި އުމަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ތިން އިންތިހާބުގެ ބަދަލުގައި ދެ އިންތިހާބު އޮންނަ ގޮތަށް ބަދަލުކުރުމަކީ އޭނާ ވެސް ތާއީދުކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް އެކަން ކުރައްވަން އޭނާ ހުށަހެޅުއްވީ އެހެން ގޮތެކެވެ.

"ނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިހާބެއް ނޫނެވެ. އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިހާބެވެ. އެއީ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބެވެ،" އެ ބަޔާނުގައި އުމަރު ވިދާޅުވި އެވެ.

ތަފްސީލު - އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ ބޮޑު އިންތިހާބަށްވާއިރު، އަނެއް ދެ އިންތިހާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިހާބުތަކެއް ކަމަށެވެ.

"ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިހާބު އެއްކުރުމަށްފަހު އެންމެ ކުޑަ އިންތިހާބު ބޮޑު ހަރަދުކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ،" އުމަރު ވިދާޅުވި އެވެ.

"އެންމެ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނާށެވެ."

ކޮމެންޓް (1)

ކޮސް

30 މާރިޗު 2026
އުމަރު މިވިދާޅުވީ މިވަޤުތަށް ވަރަށް މުހިއްމު ވާހަކައެއް. ސަރުކާރުން ދައްކާ ވާހަކައަކީ ތާކުންތާކު ނުޖެހޭ މުއިއްޒުގެ ވެރިކަން ދައްމާލަން ޖަހާ ހީލަތްތެރި މަޅިއެއްކަން ފަސޭހައިން ދެނެގަނެވޭ ނުކުތާއެއް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް