ބިދޭސީއަކު ރަހީނުކުރި މައްސަލާގައި ހައްުޔަރުކުރި މީހުން

ރަހީނުކުރުން

ބިދޭސީއަކު ރަހީނުކުރުން: 5 ބިދޭސީއަކު ހައްޔަރުކޮށްފި

ރަހީނުކުރި ބަންގްލަދޭޝް މީހާ ސަލާމަތްކުރަން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް ފެނުނީ ވިލިމާލެއިން ކަމަށް ފުލުހުން ބުނޭ

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކުރި މައްސަލައެއްގައި ފަސް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ރޭ ބުނި ގޮތުގައި، މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. 

މައްސަލަ ހުށަހެޅުމާ އެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ މީހާ ހޯދާފައިވަނީ ވިލިމާލެއިންނެވެ. އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތަފްސީލް - މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަކީ:

  • 1-

    އެމްޑީ ހޮސައިން، 30 

  • 2-

    އެމްޑީ މެހެދި ހަސަން، 34 

  • 3-

    އެމްޑީ ޝާ އަލަމް، 39

  • 4-

    ސާފިފް ހަސަން، 38 

  • 5-

    ރަސަލް، 20

މި މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނި ނަމަވެސް، އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް