ރައީސް މުހައްމަދު މުއިއްޒު ޒުވާނުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމުގައި

މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ގޮތް ހަދަނީ

ަރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މެމްބަރުންގެ މަސައްކަތާ މެދު ރައްޔިތުން ހިތްހަމަނުޖެހިއްޖެ ނަމަ ވަކިކުރަން ޕެޓިޝަނެއް ރައްޔިތުންނަށް ހުށަހެޅޭނެ ކަމަށް

ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިތުބާރު ގެއްލޭ ހާލަތުގައި މަގާމުން ވަކިކުރެވޭ ގޮތަށް ރިކޯލް ވޯޓެއް ނެގޭ ގޮތް ހަދަން ގާނޫނު އިސްލާހުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - 'އެކްސްޕްރެސް ވިތު ރައީސް'ގެ ނަމުގައި މިރޭ ޒުވާނުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މެމްބަރުންގެ މަސައްކަތާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނުވަތަ އިތުބާރު ގެެއްލޭ ފަދަ ހާލަތަަކަށް ހިނގައްޖެ ނަމަ މަޖިލީހާއި ކައުންސިލުގެ ދައުރުގެ ތެރޭގައި ރިކޯލު ވޯޓު ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

"މާނައަކީ މަޖިލިސް ނުވަތަ ކައުންސިލް މެމްބަރުންގެ ޕާފޯމަންސް ދަށްވީ، ނޫނީ ގާނޫނެއްގައި އޮންނާނެ ކަނޑައަޅާފައި. އެކަންކަން އެމީހުންގެ ކިބައިން ދިޔައީ، އެހާ ހިސާބުން ރައްޔިތުންނަށް ލިބޭނެ ކަނޑައެޅިފައިވާ އަދަދަކަށް ސޮއި ހަމަކޮށްގެން ޕެޓިޝަނެއް ހުށަހަޅައިގެން ވަކި އިންސައްތައެއްގެ ވޯޓު ހަމަ ކޮށްގެން މަގާމުން ދުރުކުރުވޭނެ،" ރައީސް ވިދާޅުވި އެވެ.

އޭރުން ކައުންސިލާއި މަޖިލިސް ވެސް ކުރިއަށްދާނީ ހަމަހަމަކަމާ އެކު ޖަވާބުދާރީކުރުވޭނެ އުސޫލަކުން ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - މަޖިލިސް މެންބަރަކު ޕާޓީން ކަނޑާލައިފި ނަމަ، އޭނާ އިންތިހާބުވި ދާއިރާއެއްގެ ގޮނޑި ގެއްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް މި ސަރުކާރުން މީގެ ކުރިން ވަނީ އިސްލާހު ގެނެސްފަ އެވެ. މިހާރު އޮންނަ ގޮތުން، އެ ވޯޓުން އޭނާ މެންބަރުކަމުން ވަކިކުރަން ނުފެންނަ ކަމަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ގޮތުގަ އެވެ.

ކޮމެންޓް (3)

ސިކުނޑި

29 މާރިޗު 2026
މިކަހަލަ ކޮސް ވާހަކަ ދައްކަނީ ކުރިން ދެއްކިފައި ހުންނަ ވާހަކަތައް ހަނދާން ނުހުންނާތީ! އެއްވެސް މީހެއްގެ އެހީތެރިކަމެއްނެތި ރައީސް ގިނިކަންޏާ އުޅުއްވާހެން ހީވަނީ! މިހާރު ތި ވިދާޅުވާ އެއްޗަކާ ދިމާ އިދިކޮޅަށް މަސައްކަތް ކުރައްވަން ބޭނުންވެގެން ނޫންތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރެއްވީ! ދައުލަތުގެ އެއްބާރު ޕެރަލައިޒްވި ފަހުން ރައީސަށް ތިވަރުގެ ވިސްނުމެއް ތިއައީ! މިވަރުން މިކަން ދަންޏާ ޚުދު ރައީސަށް ރައީސްކަން ކުރާގޮތް ކަމުނުގޮސްގެން އިސްތިއުފާވެސް ދެއްވާނެ!
1 0

ކޮސް

29 މާރިޗު 2026
ރ.މަޖުލީހުގެ ނަން ރައީސުލް ޖުމްހޫރިއްޔާގެ މަޖިލިހަށް ބަދަލުވާ ދުވަހަކުން ތިކަމާ އުޅުއްވާ! މިހުންނަނީ ރައްޔިތުން ނިންމާނެ ކަންކަން. ރައީސް ބޭނުންފުޅުވެގެން ނިންމޭނެ ކަންކަމެއްނޫން. ރައީސާއި ބެހޭކަމެއް ނޫން މިއީ..
1 0

ތެފައާސާ.

29 މާރިޗު 2026
އެ ޓަނަލުން ދަތުރުކޮށްފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަފަދަ ޓަނަލެއް އެޅުމުގެ ވައުދުފަދަ ވައުދެއް. ނޯޓުކޮށްފައި ބޭއްވިއަސް އެންމެ ރަނގަޅު.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް