ރައީސް މުހައްމަދު މުއިއްޒު ޒުވާނުންނާއެކު މިރޭ ބާއްވަމުންދާ ބައްދަލުވުމުގެ ތެރެއިން

ވިސްނުމުގައި އޮތީ ޒުވާނުންނަށް މަޖިލީހުގެ %10 ދޭން: ރައީސް

އެ މެމްބަރުން ހޮވާ ދާއިރާތައް ކަނޑައެޅުމުގެ ވިސްނުން ހުރީ ގުރުއަތުލުން ކަމަށާއި އެ މެމްބަރުންގެ އަދަދާއި ހޮވާނެ ގޮތް ނިންމާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ކަމަށް ރައީސް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުން ޒުވާނުންނާއި އަންހެނުންނަށް ކަނޑައަޅަން ވިސްނުން ހުރީ ކޮންމެ ބަޔަކަށް، %10 ގޮނޑި ކަމަށާއި އެ އަދަދު ނިންމާނީ ޒުވާނުންނާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން އަންނަ މަހުގެ 4ގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު، ދައުލަތުގެ ވަރަށް ގިނަ ކަންކަމަށް ބަދަލުތަކެއް ގެންނަވާނެކަން ހާމަކުރައްވައިފަ އެވެ.

އޭގެ ތެރޭގައި މަޖިލީހުގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާ ގުޅޭ ބައެއް ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން، އަންހެނުންނާއި ޒުވާނުންނަށް މަޖިލީހުން ވަކި ޕަސެންޓެއް ހާއްސަކުރާނެ ކަމަށް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - 'އެކްސްޕްރެސް ވިތު ރައީސް' ނަމުގައި ޒުވާނުންނާ އެކު މިރޭ ބާއްވަމުންދާ ޕެނަލް ޑިސްކަޝަނެއްގައި  ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުން ކަނޑައަޅާ ގޮނޑީގެ އަދަދާ ގުޅޭ ގޮތުން ރައީސް މުއިއްޒާ ސުވާލުކުރި އެވެ.  ޖަވާބުގައި ރައީސް ވިދާޅުވީ ސީދާ އަދަދެއް އަދި ނުނިންމާ ކަމަށާއި އެކަން ކަނޑައަޅާނީ އެކަމާ ބެހޭ ގޮތުން މަޝްވަރާކުރެވި ހިޔާލު ވެސް ހޯދުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމުގައި އޮތީ ޒުވާނުންނަށް %10. އޭގެ މާނައަކީ މިހާރު މިތިބީ [މަޖިލީހުގައި] 93 މެމްބަރުން. އެހެންވީމާ %10 އެއީ ގާތްގަނޑަކަށް ނުވަ މެމްބަރުން، 30 އަހަރުން ދަށުގެ ޒުވާނުން އަދި ނުވަ އަންހެން މެމްބަރުން،" ރައީސް ވިދާޅުވި އެވެ.

އެ މެމްބަރުން ހޮވާނީ ކިހިނެއްތޯ ސުވާލުކުރުމުން ވިދާޅުވީ:

  • އެންމެ އިންސާފުވެރި ގޮތަކަށް ވާނީ ގުރުއަތު ލައިގެން (ދާއިރާތައް)

  • މިއީ އަޅުގަނޑުގެ ހުރި ހިޔާލުތަކެއް އަދި އެކަމަކު ފައިނަލް ނުވާ ކަންކަން

  • މިކަންކަން ނިންމާނީ ޒުވާނުންނާއި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް