އަބްދުއްޝަކޫރު އަބްދުﷲ.
ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު އަވަހާރަވެއްޖެ
ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެ އެވެ.
ތަފްސީލް - އަބްދުއްޝަކޫރު ވަނީ ސިފައިންނާއި ފުލުހުންގެ ހިދުމަތުގައި 43 އަހަރު ހޭދަކުރައްވާފަ އެވެ. އެގޮތުން:
-
3 ނޮވެމްބަރު 1988ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރުމަށް މަސައްކަތް ކުރި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެއް
-
ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމަށާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައި ވެސް އަބްދުއްޝަކޫރު އިސް ދައުރެއް އަދާކުރެއްވި
-
ފުލުހުންގެ ހިދުމަތް ސިފައިންގެ ތެރެއިން ވަކިވެ، މުއައްސަސާއެއްގެ ގޮތުގައި އުފެދިގެން އައިރު އެ މުއައްސަސާ ހަރުދަނާ ކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި
ގުޅުން ހުރި - ރައީސް މުހައްމަދު މުއިއްޒު ވަނީ އަބްދުއްޝަކޫރުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
"[އަބްދުއްޝަކޫރަކީ] މުޅި ހަޔާތްޕުޅުގައި ވެސް ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
"ހިތާމައިގެ މި ވަގުތު، އެ އާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތައުޒިޔާ ދަންނަވަން. އަދި މާތްﷲގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަބްދުއްޝަކޫރު އަބްދުﷲ ލެހެއްޓެވުން އެދި ހެޔޮ ދުއާކުރަން."
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) March 24, 2026
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް)… pic.twitter.com/GmwHpxoKtd