ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް.

ސުންނީންނާއި ޝީއީންގެ ބަހުސަކީ މުސްލިމުން ބައިބައިކުރަން އަދުއްވުން ކިޔާ އެއްޗެއް: މައުމޫން

މަޝްހޫރު ދީނީ އިލްމްވެރިޔާ އަހުމަދު ސަމީރު އިއްޔެ ވަނީ، ޝީއީންނަކީ ސަހާބީންނަށް ބަދުބަސް ބުނާ، ބާތިލު އަގީދާއެއްގެ މަތީގައި ތިބި ބައެއް ކަމަށް ސިފަކުރައްވާފައި

ސުންނީންނާއި ޝިއީންގެ ބަހުސްއަކީ މުސްލިމުންގެ އަދުއްވުން މުސްލިމް އުންމަތް ބައިބައިކުރަން ކިޔާ އެއްޗެއް ކަމަށާއި އެކަކު އަނެކަކު ކާފަރު ކުރުމަކީ އިސްލާމްދީނުގެ ސިފައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދީނީ އެކިއެކި މައްސަލަތަކުގައި މީގެ ކުރިން ވެސް އިލްމީ ހިޔާލުފުޅު ހާމަކުރައްވާ މައުމޫން މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސުންނީންނާއި ޝީއީންގެ ބަހުސް ފެށިފައިވާ ދަނޑިވަޅެއްގަ އެވެ. 

އީރާނަކީ ޝީއީ މުސްލިމުން ކަމަށްވާތީ އެ މީހުންނަކީ ސުންނީ އަގީދާއާ ދުރު ބައެއް ކަމަށާއި އެ މީހުންނަކީ "މުސްލިމުން ނޫން" ކަމަށް އެ އްބަޔަކު ދަނީ ސިފަކުރަމުންނެވެ. 

އެގޮތުން، މަޝްހޫރު ދީނީ އިލްމްވެރިޔާ އަހުމަދު ސަމީރު އިއްޔެ ވަނީ، ޝީއީންނަކީ ސަހާބީންނަށް ބަދުބަސް ބުނާ، ބާތިލު އަގީދާއެއްގެ މަތީގައި ތިބި ބައެއް ކަމަށް ސިފަކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - މައުމޫން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މުސްލިމުންގެ އެއް ބަޔަކު އަނެއް ބަޔަކީ ވަކި މަޒުހަބެއްގެ މީހެއް ކަމަށް ވިދާޅުނުވުމަށް އިލްތިމާސްކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެއިން ކޮންމެ މީހަކީ ވެސް ހަމަ މުސްލިމުން ކަމަށެވެ.

"މިއީ ސުންނީ މުސްލިމެކޭ، ޝީއީ މުސްލިމެކޭ، ސަލަފީ މުސްލިމެކޭ ވިދާޅުނުވާށެވެ! އަޅުގަނޑުމެންނަކީ ހައްތަހާ ވެސް މުސްލިމުންނެވެ. އެއީ އަޅުގަނޑުމެން ބައިބައިކުރަން އަދުއްވުން ކިޔާހާ އެއްޗިއްސެވެ. ޖަދަލުކޮށް އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަހުމަތުގެ ދީނުގެ ސިފައެއް ނޫން،" މައުމޫންގެ ޕޯސްޓުގައިވެ އެވެ.

އެނގުން މުހިންމު - ސަމީރު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލުގެ ހަމަލާތަކުގައި އަވަހާރާކޮށްލި އިރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީއަކީ އާއިޝަތުގެފާނާއި ހަފްސަތުގެފާނާއި އަބޫބަކުރުގެ ފާނާއި އުމަރުގެފާނާއި އުސްމާނުގެފާނާއި އެ ނޫން ވެސް ސަހާބީންނަށް، މަކަރާއި ހީލަތާއި ހިޔާނާތް ނިސްބަތް ކުރާ ބޭފުޅެއް ކަަމަށެވެ. އެކަން އެ ބޭފުޅާގެ ފޮތްތަކުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވީމާ އީރާނުގެ ހަމަލާތަކުންް ޔަހޫދީ ދައުލަތް ސުނާފަތިވާން އެދުނަސް އިސްލާމްދީނާއި އިސްލާމީ އުންމަތަށް ނަސްރުދިނުމުގެ ނަމުގައި މި މީސްމީހުން މަތިވެރި ކުރުމުގެ އެއްވެސް މާނައެއް ނެތް ކަމެވެ. މި ވާހަކަ އަޅުގަނޑު މި ލިޔުނީ މީހަކު ބުނި ވާހަކައެއް އަހައިގެނެއް ނޫނެވެ. އަދި ކިއެއްތަ، އެ ދެ މީހުންގެ ފޮތްތަކުން އަޅުގަނޑަށް ފެންނަންހުރި އެއްޗެއްސަށް ބަލާފަ އެވެ،" ސަމީރުގެ ޕޯސްޓުގައިވެ އެވެ.

ޝީއީންނަކީ ބާތިލު އަގީދާއެއްގެ މަތީގައި ތިބި ބައެއް ކަމަށް ވިދާޅުވެ، ޝެއިހް އަހުމަދު ސަމީރު އިއްޔެ ކުރެއްވި ޕޯސްޓު

ސަމީރުގެ މި ޕޯސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން:

  • މުސްލިމުން އެކަކު އަނެކަކު ކާފަރު ކުރުމުގެ ނުބައިކަން ބައެއް މީހުން ދަނީ ފާހަގަކުރަމުން 

  • އީރާނަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުތަކާ ދެކޮޅުވެ، މުސްލިމް އުންމަތުގެ ދިފާއުގައި ހަނގުރާމުކުރަމުންދާ ހަމައެކަނި އިސްލާމީ ގައުމު ކަމަށްވުމުން، މުސްލިމުންގެ ހައިސިއްޔަތުން މިވަގުތު ތިބެންޖެހޭނީ އީރާނާ އެކު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން 

  • ޝީއީންނާއި ސުނީންގެ ބަހުސް މިދަނޑިވަޅުގައި މުހިންމު ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

ކޮމެންޓް (9)

ބއެއެއ

24 މާރިޗު 2026
އެބޭޅާ އެއޮއް ދިގު ފަސާނާގައި ކޮބައިތަ ޝިކުރުކުގެ ވާހަކަ؟ ދާއޫދު އަލަހިއް ސަލާމް ، ސުލަިއމާނު އަދި ރަސޫލާވެސް ކަންކަން ނުރަގަޅު ކޮށް ކުރެވުނު އަދި ވަހީ ބާވާލެއްވި. 1. ބަނދުރު ހނަގުރާމައިގެ ހައްޔަރުވި މުޝްރިކުން ނުމެރުން. ލޯފަން މީހަކަށް އަޅައިނުުލުން، އިންސާނުންނަކީ ކުށްކުރެވޭނެ ބަެއް މުޅިން ކުށުން ބަރީއަވެފައިވާ ބަެއްނޫން. ކުރިން ބުނި ވަހަކަތައް ގުރުއާނުގައި އޮވެ މަމެން އަބަދު އެ ކިޔަވާއިރު އެއަށްވުރެ ތިރިން ކުށެއް ނުކުރާނެ ނުވަތަ ނުކުރެވޭނެ ކަމުގެ ކޮން ޔަގީންކަމެއް އޮތީ؟
0 0

އަައްޔާ1

23 މާރިޗު 2026
ކުރިން ބުނިހެން ޝިޔައީ އިރާން ދެކޭގޮތް މިގޮތުން މާ ރަނގަޅު. ވީއިރު ވެރިކަމާ ހެދި އުޅެނީ ސުންނީންނޭ ބުނެވެން މާ ބޮޑަށް އެބައޮތް ގޮތަކަށް. މަތިން ދެއްވި ގޮތް ގަބޫލްކޮށްގެން ކުރިއަށް ދާން ބޭނުން މިވަނީ މިއަދުވެސް ޝިޔައީން. ސަމީރު މެންވެސް މިހިރަ ކަންކަމާމެދު ތަންކޮޅެއް ފުންކޮށް ނަޒަރު ހިންގަންވީ އަދިވެސް. މިއަކު ނެތް އެއްބަޔަކު އަނެއް ބަޔަކަށް ވެރިކަމާހެދިއޭ ބުނެ އިނގިލި ދިއްކުރެވޭކަށް. ޚާމަނާއީ އަދި ޚުމޭނީ މެންނަށް މިތާރީޚު މާބޮޑަށް އެނގޭނެ. ވީމާ، މިތަން ބަލަން ތިބި އަނިޔާވެރިން މައުމޫން ވިދާޅުވިހެން މުސްލިމުން ބައިބައިކުރަން މި ހިލާފް ބޭނުން މިކުރަނީ. ދިވެހިންވީ މިކަން ދަނެގެން މުސްލިމުންގެ އެއްބައިވަންތަކަމަށް މަސައްކަތްކުރަން. ގެޓުވޭތަ އެބަ
0 0

އައްޔާ

23 މާރިޗު 2026
މައުމޫން އެ ވިދާޅުވީ އެންމެ ބޮޑު ތެދު. ސަތޭކައިނ ްސަތޭކަ ތެދު ވާހަކައެއް. ހިލާފް އުފެދުނީ ރަސޫލާ ސއވ ސުވަރުގެވަޑައިގަތުމަށްފަހު މުސްލިމުންގެ ވެރިކަން ހިންގާނީ ރަސޫލާގެ އާއިލާގެ ބޭފުޅުންތޯ (ޝިޔައީން ތާއީދު ކުރާ ގޮތް) ނުވަތަ އެންމެ އަރިސް ސަހާބީންތޯ (ސުންނީން ތާއީދު ކުރާ ގޮތް)، މިއީ ޝިޔައީ ސުންނީ ގެ ތަފާތު އުފެދުނު ގޮތަކީ. ގޮތަކަށް ބުނަންޏާ ވިރާސީ ގޮތަކަށްތޯ ނުވަތަ އައުލަބިއްޔަތު ވޯޓުންތޯ މުސްލިމުންގެ ވެރިޔާ ހޮވާނީ. މިއަދު އަމުދުން ހިއެއްނުވޭ ވޯޓުން ނޫން ގޮތަކަށް ވެރިއަކު ހޮވަން އެއްބަސްވާނެހެނެއް. އެދުވަހުވެސް މިއަަދުވެސް މިދިމާވަނީ ހަމަ އެއްމައްސލައެއް. އެއީ މިމައްސަލަ. ދެން އެކިގޮތްގޮތުން ރަސޫލާ ހިންޓް ދެއްވި އާއިލީ ބޭފުޅާ އަލީގެފާނަށް އެކަމަށް ލާއިގު ކަމުގެ. ހަމައެހެން އެބަހުރި އަބޫބަކުރުގެފާނުގެ މާތްކަމުގެވާހަކަވެސް. އެންމެފުރަތަމަވެސް މިގޮތަށް މި ދެބޭފުޅުންނަށްމެ ތާއީދު ކުރި ބަޔަކު އެ ވަގުތު. އެކަމަކުއެވަގުތު އަލީގެފާނު ދޫކޮށްލެއްވީ އަބޫބަކރުގެފާނަށް. ރަސޫލާ އެ ދަރިކޮޅުން ޗޫޒް ކުރެއްވީ އެކަލނާގެ. އެގޮތަށް ބަލާއިރު އެ އާއިލާއަށް ވެރިކަން ފުރޮޅުން ގޯހެއް ނޫން. ގޮތް ނިންމާނީ ތިކޮޅުން
1 0

ދޮން

23 މާރިޗު 2026
ނޫރު ސޫރަތުގެ މާނަ ކިޔާލަންވީނު ދޯ
0 0

ސިރާޖު

23 މާރިޗު 2026
ސަމީރު އަސްލު އެބުނީ ޝީޢީ ރާފިޟީންގެ ނުބައި ގޯސް އަގީދާގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް! މުސްލިމންގެ އަދުއްވުންނެއް ނޫން އެ ވާހަކަ އެހެން ދައްކަަނީ! އެންމެ އިހުއްސުރެ ސުންނީ! މުސްލިމު ބޮޑެތި ހުރިހާ އިލްމުވެރިން ވެސް ދައްކާ ވާހަކަ އެއީ! ރާއްޖޭގަ ވެސް އެންމެ ކުރިއްސުރެ ގަބޫލު ކުރަމުން އައީ އެހެން! އެހެންވެ ރާއްޖޭގެ ގާނޫނު އަސާސީގަ "ސުންނީ މުސްލިމު" ލިޔެފަ އެއޮންނަނީ!
1 0

ޖޯކޭެ

23 މާރިޗު 2026
ސަމީރު ތަންކޮޅެއް މަޑުމައިތިރިކޮށް ކަންކަމާ ދޭތެރޭ ވިސްނުންފުޅު ގެންގުޅުއްވަން ފެނޭ. ސަހާބީންނަކީ ވެސް އިންސާނުން. އަހަރެމެންނަށް ނޭނގޭ ކިތަންމެ ކަމެއް އެމީހުން ކޮށްފައިހުރުން އެއީ އިންސާނީ ނަޒަރުންބަލާއިރު ޖާއިޒް ކަމެއް. އެހާ ފުރިހަމަ އިންސާނުން ނޫޅޭ. ޚާމަނާއީ އަދި ޚުމޭނީ އެއްޗެއް ލިޔުން ބިނާވާނީ ކޮންމެވެސް ހަގީގަތެއްގެ މައްޗަށް. އެ އެއްޗަކީ ދޮގު އަދި ތެދުކަން މިއަދު އެކަކަށްވެސް ނެތް ކަނޑައެޅެން. މިހާލަތުގައި އިރާނުގެ އެ ބޭފުޅުންނަށް ނުހައްގު ބަހެއް ބުނުމުން ދުރުވާންޖެހޭ. ހަމަ ޔަގީނުންވެސް ދުވާލު އިރުފަދައިން ފެންނަން އޮތް ހަގީގަތަކީ އަނިޔާވެރިކަމާއި ދެކޮޅަށް ހައްގު ބަސް އަދި އަމަލުން ދައްކަނީ އެންމެ ބަޔަކު ކަން. އެއީ އިރާން. މިވަރަށް ތަންދޮރު އޮޅުން އަރަން ނުޖެހޭ ކަމަށް ފެންނަނީ.
5 0

އައްޕަ

23 މާރިޗު 2026
މުސްލިމަކަށް ވަނީ 5 ކަމެއް ފުރިހަމަ ވީމަ. އެ ފަސްކަންތަށް ޝީޢީން ގެ ތެރޭގައިވެސް ފުރިހަމަ ވާނަމަ އެއީ މުސްލިމުން. މުސްލިމުން ނާއި ކާފަރުން ކަނޑަ އަޅަން އަހަރެމެން މީ ކޮންބައެއް. ހެއްދެވި ފަރާތް މޮޅަށް ދެނެވޮޑިގެންވަނީ
7 0

ކޮސް

23 މާރިޗު 2026
ސަމީރަކީ ދީނީ ކަންކަމުގައި މައުމޫނާއި ފަތިގަނޑު ފިރުކާލެވޭނެ ފަރާތެއްނޫން. ތިބޭޅާގެ ގުރޫޕު މީހުން އެކަނި ތިކަހަލަ ވާހަކަތައް ޤަބޫލު ކުރާނީ. މައުމޫނަށް ޝުކުރިއްޔާ ދީނީ ކަންކަމުގަ ޙައްޤުބަސް ވިދާޅުވާތީ..
9 0

ވަހީދު

23 މާރިޗު 2026
ވަރަށް ރަގަޅު ވާހަކަފުޅެއް އެވީދާޅުވީ
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް