ހަނގުރާމައިގެ ދަތިތަކުން އަރައިގަންނަން އެކުލަވާލި ކެބިނެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/ ރައީސް އޮފީސް)

ޓޫރިސްޓުން

ޓޫރިސްޓުން މަޑުކުރާ މުއްދަތު އިތުރުކުރަން އާ 2 ވިސާއެއް ތައާރަފުކުރަނީ

ޓޫރިސްޓުން ރާއްޖޭގައި ގިނަ ދުވަހު މަޑުކުރަން ޝައުވެރިކަން އުފެއްދުމުގެ ގޮތުން ތައާރަފުކުރަނީ ރިމޯޓް ވޯކިން ވިސާ އާއި ކޮންޓެންޓް ކްރިއޭޓާ ވިސާ

ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ދެ ވައްތަރެއްގެ އާ ވިސާއެއް ތައާރަފުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ވީކިހިނެއް؟ - މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ރޫޓުތަކުގައި ހިމެނޭ ފްލައިޓްތަކުގެ %30 ވަނީ ގެއްލިފަ އެވެ. 

މީގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ދަތުރުކޮށްފައިވާ ރޫޓަށް ބަލާއިރު އެއިން %30-%35 ފަތުރުވެރިން އަންނަނީ މެދުއިރުމަތިން ނުވަތަ އެ ސަރަހައްދުގެ އެއާލައިންތަކުންނެވެ. އެގޮތުން، ރާއްޖެ ޖައްސާ ގިނަ އެއާލައިންތަކުން ދަތުރުތައް ހުއްޓާލާފައިވާއިރު، ކޮންމެ ދުވަހަކު ރާއްޖެއަށް ޝެޑިއުލްކޮށްފައިވާ އެތައް ފްލައިޓެއް ދަނީ ކެންސަލްވަމުންނެވެ.

ތަފްސީލް - ހަނގުރާމައިގެ ދަތިތަކުން އަރައިގަތުމަށް އެކުލަވާލާފައިވާ ކެބިނެޓް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަތުރުވެރިން އައި އަދަދު %21 ދަށްވެފައިވާ ކަމަށެވެ. 

އެކަން ފޫބެއްދުމަށް ކުރެވޭ އެއް މަސައްކަތަކީ އިޝްތިހާރު ހެދުން ފަދަ މަސައްކަތްތަކާ އެކު ރާއްޖެ އަންނަ ފަތުރުވެރިން ގިނަ ވަގުތު ހޭދަ ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެފަދަ ފަތުރުވެރިންނަށް އާ ދެ ވިސާއެއް ތައާރަފުކުރުމަށް ނިންމާފައިވެ އެވެ. އެއީ:

  • ރިމޯޓް ވޯކިން ވިސާ

  • ކޮންޓެންޓް ކްރިއޭޓާ ވިސާ

"ހާއްސަކޮށް ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަަށް، ރިމޯޓް ވޯކާ ނުވަތަ ކޮންޓެންޓް ކްރިއޭޓަރުން ގިނަވެއްޖެ ނަމަ އެ ބޭފުޅުންގެ އޮކިއުޕަންސީ ބޮޑުކުރެވިގެންދާނެ. އެހެންވީމާ އެ ދިމާލަށް މަސައްކަތް ކުރަމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް ތޯރިގު ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ބައެއް ދާއިރާތަކަކީ:

  • ސްޕޯޓްސް ފިޝިން

  • ބިގް ގޭމް ފިޝިން

  • ޓެކްނިކަލް އެންޑް ރެކްރިއޭޝަނަލް ސެކްޓާ

  • ރިސާޗު ޓޫރިޒަމް

  • ޗާޓަރު ސުޕަޔޮޓްތައް ގެނައުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް