ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނާއި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ބަދަލުގައި ވަޑައިގެންނެވި ބޭފުޅުންނާއެކު ރައީސް މުއިއްޒު (ފޮޓޯ/ރައީސް އޮފީސް)

ގައުމީ އިނާމު

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހަޅަން ބުދަ ދުވަހު ހުޅުވާލަނީ

ރައީސް އޮފީހުން ބުނިގޮތުގައި މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެ އޮފީހުގެ 'ފޯމު ހުށަހެޅުން' ޕޯޓަލް މެދުވެރިކޮށްގެން

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ބުދަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 25ވާ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2 ޖެހުމާ ހަަމަޔަށެވެ. 

ރައީސް އޮފީހުން ބުނިގޮތުގައި މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެ އޮފީހުގެ 'ފޯމު ހުށަހެޅުން' ޕޯޓަލް މެދުވެރިކޮށެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ. 

ގައުމީ އިނާމު ދެއްވާނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

ތަފްސީލް - ގައުމީ އިނާމަށް މިއަހަރު ވެސް ހުޅުވާލުމަށް ނިންމަވައިފައިވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި، ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށްވަނީ ހަމަޖައްސާފަ އެވެ. 

ގުޅުންހުރި ކަމެއް - ރައީސް އޮފީހުން ބުނިގޮތުގައި، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމަށް ފަހު، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާނެ އެވެ. އެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހެވެ. 

ކޮމެންޓް (1)

22211

23 މާރިޗު 2026
ނަން ހުށަހެޅުމަކީ އޭޝިޔާއަކާ ގުޅޭ ކަމެއްނޫން. ސަރުކާރަށް ފެނިގެންވެސް މީހުން ހޮވަންޖެހޭނެ. ހައްގުވާ އެތައް ބަޔަކު ހުށަހަޅައިގެން އެއެއްޗެއް ހޯދާކަށް ނުދާނެ. އަދި އެހާ ޓެކްވެސް ނުވެދާނެ. އޭޝިޔާގެ މީޙުންނަކީ ދެއްކުން ތެރި ބަެއް ނޫން. މިކަމުގެ ސަބަބުން ގައުމަށް އަގުހުރި ހިދުމަތެއް ކުރި އެތައް ބަޔަކު ގެއްލޭ. މިއީ ހުޅަނގުގެ ޒާތު އިސްކުރުމުގެ ތެރެއިން އައިއްސާ އިންކަމެއް ހުށަހެޅުން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް