އެސްޓީއޯއިން ގެނައި ތެލުގެ އާ ޝިޕްމަންޓް (ފޮޓޯ / އެމްވީކްރައިސިސް)

އެސްޓީއޯ

17 ދުވަހު ބޭނުންކުރެވޭ ވަރަށް ތެލުގެ އާ ޝިޕްމަންޓެއް ރާއްޖެ ގެނެސްފި

17 ދުވަހަށް ބޭނުންކުރެވޭ ވަރަށް ޑީސަލް އާއި 17 ދުވަހަށް ބޭނުންކުރެވޭ ވަރަށް ޕެޓްރޯލް އޭގައި ހިމެނޭ

ކުރިއަށް އޮތް 17 ދުވަހަށް ބޭނުންކުރެވޭ ވަރަށް އެސްޓީއޯއިން އޯޑަރުކުރި ތެލުގެ އާ ޝިޕްމަންޓެއް ރާއްޖެ އަތުވެއްޖެ އެވެ.

ތަފްސީލް - މި ޝިޕްމަންޓް މީގެ ދެ ދުވަހެއް ވަރު ކުރިން އައިސްފައިވާ ކަމަށްވެ އެވެ.

އެސްޓީއޯގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ 17 ދުވަހަށް ބޭނުންކުރެވޭ ވަރަށް ޑީސަލާއި  17 ދުވަހަށް ބޭނުންކުރެވޭ ވަރަށް ޕެޓްރޯލް އޭގައި ހިމެނޭ ކަމަށެވެ.

އޭގެ އިތުރަށް ގޭހުގެ ޝިޕްމަންޓެއް ވެސް މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެ ޝިޕްމަންޓް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން މިއަދު ބުންޏެވެ.

ޝެޑިއުލާ އެއް ގޮތަށް އިތުރު ޝިޕްމަންޓްތައް ވެސް އަންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެނގުން މުހިންމު - މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 100 ޑޮލަރުން މައްޗަށް ގޮސްފަ އެވެ.

އަދި އެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ދަތުރުތަކާއި މުދަލުގެ ޝިޕްމަންޓްތަކަށް ކޮންމެ ވެސް ވަރަކަށް ވަނީ ބުރޫއު އަރައިފަ އެވެ.

ކޮމެންޓް (4)

ތެފައާސާ.

22 މާރިޗު 2026
17 ދުވަހޭ؟ ސުބުހާނަﷲ ތީ ހާދަ ބައިވަރު ދުވަހެއްގެ ބެކަޕެކޭ؟
0 0

ތެޔޮގުރާބު

22 މާރިޗު 2026
ބަޔަކު ތެޔޮ ގަންނަން ނުލިބެނެއް ނޫޅޭ . ވެނަޒުއެލާއިން ވެސް ބޭނުންވަރަކަށް ތެޔޮ ގަންނަން މިހާރު ވެސް ލިބޭ. އެކަމު ރާއްޖެއަށް ތެޔޮ ޓޭންކަރު ވައްދަން ޖޭހޭނީ އެފްރިކާ ބިއްދޮށުން. އެގޮތަށް އެފްރިކާ ބައްރު ވަށާލައިގެން ނުވަތަ ބޮޑުއަގުގައި ތެޔޮގަނެގެން މަސްވެރީންނަށް ދެކޮޅެއް ނުޖެއްސޭނެ .
0 1

ހަސަން2343

22 މާރިޗު 2026
@ތެޔޮގުރާބު ވެނެޒުއޭލާގަ ހުންނަނީ ހެވީ ކުރޫޑް އޮއިލް އެއަކީ އެހާ ފަސޭހައިން ރީފައިން ކުރެވޭ އެއްޗެއް ނޫން .. މޮޔަ ނުވޭ .. އޮމާނުން ރާއްޖެ އަށް ތެޔޮ ލިބޭތީ މި ލިބެނީ .. ހަގީގަތުގައިވެސް ދުނިޔޭގެ ތެޔޮސަޕްލައި އޮތީ ވަރަށް ހާލުގައި..
0 0

އަސްލަމް ޝާކިރު

21 މާރިޗު 2026
މި ދަނޑިވަޅުގައި ރަސްމީ އެއްވެސް ފަރާތަކުން ރައްޔިތުންނަށް އޮށްޓަރުހުރި އެއްވެސް މައުލޫމާތެއް ނުދޭއިރު، "އެސްޓީއޯގެ އޮފިޝަލެއް" ވިދާޅުވީއޭ ބުނެފައި ހަބަރުލިޔުމުން ވަރަށް ހިތާމަކޮށްފިން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް