އދ.ގެ މައި މަރުކަޒަށް ރާއްޖެއިން ހަދިޔާކުރި ތުނޑުކުނާ ބަހައްޓަނީ. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-އދ

އދ.ގެ މައި މަރުކަޒުގައި ދިވެހި ތުނޑުކުނަލެއް ބަހައްޓައިފި

މިއީ ރާއްޖޭގެ އުފެއްދުމެއް އދ.ގައި ބެހެއްޓި ފުރަތަމަ ފަހަރު. ފޮރިން މިނިސްޓްރީން ބުނިގޮތުގައި މިއީ ރާއްޖެ އދ.ގެ މެމްބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ.ގެ މައި މަރުކަޒުގައި ދިވެހި ފަންނުވެރިކަން ދައްކާލަން ތައްޔާރުކުރި ކުނަލެއް

ނިއު ޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑުކުނަލެއް ބަހައްޓައިފި އެވެ.

ތަފްސީލް - އެ ތުނޑުކުނަލަކީ ރާއްޖެއިން އދ.ގެ މައި މަރުކަޒަށް ދިން ހަނދާނީ ހަދިޔާއެކެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އދ.ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

އދ.ގެ މައި މަރުކަޒަށް ރާއްޖެއިން ހަދިޔާކުރި ތުނޑު ކުނާ. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ރައީސް މުހައްމަދު މުއިއްޒު 2024ގައި އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތެއްގައި، އެތަނުގައި ތުނޑުކުނަލެއް ބަހައްޓަން އޮތީ ނިންމަވައިފަ އެވެ.

މިއަދު އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތުނޑުކުނާ ބަހައްޓައިދެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ.

އދ.ގެ މައި މަރުކަޒަށް ރާއްޖެއިން ހަދިޔާކުރި ތުނޑުކުނާ. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ ކުނާ ފަރުމާކޮށް ވިޔުނީ، އެ މަސައްކަތުގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ގދ. ގައްދޫގެ މީހެކެވެ.

އެއީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އދ.ގެ މެމްބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ.ގެ މައި މަރުކަޒުގައި ދިވެހި ފަންނުވެރިކަން ދައްކާލަން ތައްޔާރުކުރި ކުނަލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް (2)

ތެފައާސާ.

21 މާރިޗު 2026
އަސްލު މިވަރުގެ ކަންކަން އިފްތިތާހުކުރަން ދާންވާނީ ދައުލަތުގެ އެންމެ އިސް ވެރިޔާ. މަންދޫބުން އިފްތިތާހު ކުރީމާ ކަމުގެ މުހިންމުކަމާއި ބޮޑުކަމާއި 'މެގްނިޓިއުޑް' އުނިވޭ. ޕީއެސްއެމްއިން މުޅި ގައުމަށް ވަގުތުން ދުރަށް ދައްކާގޮތަށް، ރައީސް އ.ދ އަށް ވަޑައިގެން އަލުން އިފްތިތާހު ކުރަން ގޮވާލަން.
1 0

ޝިޔާމް ޖޫނިއަރ

21 މާރިޗު 2026
ތިޔާ ވެރިމީހާގެ މޮޅުކަމުން ވީކަމެއްކަމުގައި ބުނަންވާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް