ވ. ފެލިދޫ.

ފެލިދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި ގެއްލުނު 2 މީހުން ހޯދަނީ

ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުނީ ރަޝިއާއަށް ނިސްބަތްވާ އަންހެނަކާއި އިންޑިއާގެ 4 ފިރިހެނުން؛ ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން
20 މާރިޗު 2026

ފަތުރުވެރިން ގޮވައިގެން ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ރޭ ދަންވަރު ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ މި ހާދިސާގެ ރިޕޯޓު ރޭ ދަންވަރު 1:15 ހާއިރު  ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ތަފްސީލް - ފުލުހުން ބުނީ ލޯންޗުގައި 7 މީހުން ތިބި ކަމަށެވެ. އެއީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި އިންޑިއާއަށް ނިސްބަތްވާ 5 ފިރިހެނުންނެވެ.

ފުލުހުން ބުނީ މި ހާދިސާގައި:

  • ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުނީ 5 މީހުން؛ އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެނަކާއި އިންޑިއާގެ 4 ފިރިހެނުން

  • މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން

"މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ،" ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް