އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/އާރުޑީސީ)

އިންތިހާބާ ކައިރިކޮށް އާރުޑީސީން 174 މުވައްޒަފުން ހޯދަނީ

އާރުޑީސީން އިއުލާންކުރީ 6 ރަށެއްގެ ސައިޓުތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން

ލޯކަލް ކައުންސިލް އިންތިހާބަށް ކައިރިކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އަށް 150 އަށްވުރެ ގިން މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - އާރުޑީސީން މިއަދު އިއުލާންކުރީ ހަ ރަށެއްގެ ސައިޓުތަކުގެ އެކި މަގާމުތަކަށް ބޭނުންވާ ޖުމްލަ 174 މުވައްޒަފުން ހޯދުމަށެވެ.

އެއީ:

  • ހއ. އުލިގަން - 50 މުވައްޒަފުން

  • ނ. މިލަދޫ - 32 މުވައްޒަފުން

  • އއ. ރަސްދޫ - 42 މުވައްޒަފުން

  • ޅ. ހިންނަވަރު - 1 މުވައްޒަފު

  • ޅ. ނައިފަރު - 12 މުވައްޒަފުން

  • ކ. ކާށިދޫ - 24 މުވައްޒަފުން

  • ތ. މަޑިފުށި - 13 މުވައްޒަފުން

ވަޒީފާއަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި މެނޭޖަރުންނާއި ސުޕަވައިޒަރުންނާއި ސަޕޯޓް ސްޓާފުންނާއި ޑްރައިވަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންގެ އިތުރުން ސެކިއުރިޓީ ގާޑުން ހިމެނެ އެވެ.

އެނގުން މުހިންމު - ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އާރުޑީސީއިން އިއުލާންކުރިއިރު، ކައުންސިލް އިންތިހާބު އޮންނާނީ އަންނަ މަހުގެ 4 ގައެވެ.

މީގެ ކުރިން ވެސް އިންތިހާބުތަކާ ކައިރިކޮށް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުން ވަޒީފާ އާއި ޕްރޮމޯޝަން ދޭ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.

ސަރުކާރުގެ ގެޒެޓު ބަލައިލާއިރު އާރުޑީސީގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުން ވެސް ގިނަ އަދަދަކަށް އަންނަނީ ވަޒީފާތައް އިއުލާން ކުރަމުންނެވެ.

ކޮމެންޓް (1)

ތެފައާސާ.

15 މާރިޗު 2026
މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައި އޮންނަ އިސްލާހެއްގައި އޮންނަގޮތުން އިންތިޚާބަށް އަހަރަކަށް ވީމާ އެއްވެސް ކައުންސިލަކަށް އާ ޕްރޮޖެކްޓެއް އިއުލާން ނުކުރެވޭ އިންތިޚާބަށް ނުފޫޒު ފޯރުވުންކަމަށް ވެދާނެތީ. އެކަމަކު ސަރުކާރުން ހަމަ ހިތަށްއެރި ވަރަކަށް ޕްރޮޖެކްޓު އިއުލާނުކޮށް މުވައްޒަފުން ނަގައި ނުވިތާނކަށް ނަގުދު ފައިސާވެސް ބަހަން ވަދުއުވަމުންދާންވީ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް