ހުޅުމާލެ ފޭސް 2ގައިވާ ވިނަރެސް ފްލެޓްތައް. (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާރާމާރީ

ހުޅުމާލެ ފޭސް ދޭއްގެ ޓަވަރެއް ތެރޭގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ފުލުހުން މިރޭ ބުނި ގޮތުގައި ފުލުސް މީހާއަށް ހަމަލާދީ އަނިޔާކޮށްފައިވަނީ އޭނާގެ ރަސްމީ މަސައްކަތުގެ ތެރެއިނެއް ނޫން؛ ސޯޝަލް މީޑިއާގައި އެ ފުލުސް މީހާއަށް އެކި ޒާތުގެ ތުހުމަތުކޮށްފައިވޭ

ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރެެއް ތެރޭގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ތަފްސީލް - ފުލުހުން މިރޭ ބުނި ގޮތުގައި ފުލުސް މީހާއަށް ހަމަލާދީ އަނިޔާކޮށްފައިވަނީ އޭނާގެ ރަސްމީ މަސައްކަތުގެ ތެރެއިނެއް ނޫނެވެ. އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި މައްސަލައިގެ ވަށައިގެންވާ ކަންކަން ފުލުހުންގެ އިދާރާއިން ދަނީ ބަލަމުން ކަމަށް ބުންޏެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބުންޏެވެ.

"ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ސޯޝަލް މީޑިއާގައި އެ ފުލުސް މީހާ ޒަހަމްކޮށްލާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެ ގޮތުން:

  • ވީޑިއޯއިން ފެންނަނީ ފުލުހުންގެ ބެލުމުގެ ދަށުން އެ ފުލުސް މީހާ ހިޔާ ޓަވަރުން ނެރެން މަސައްކަތްކުރާ ތަން؛ އެ މީހާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވޭ

  • އެ ވަގުތު ވަށައިގެން ތިބި މީހުން ވީޑިއޯކޮށް، އޭނާގެ މޫނު ދައްކަން ގޮވާލަމުންދޭ؛ ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާއަށް އަނިޔާކުރީ މީހެއްގެ އަންބެއް ކައިރިއަށް ގޮސްގެން ކަމަށް

މައުލޫމާތު ލިބޭ ގޮތުގައި މި ކަމެއް ހިނގީ ޓަވަރު އެޗް 15ގަ އެވެ.

ކޮމެންޓް (1)

ދޮން އާދަނު

13 މާރިޗު 2026
ގަދަކަމިންތަ ވަނީ ނުނީ އަންހެން މީހާގެވެސް ރުހުމުގަތަ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް