އެސްޓީއޯ ހެޑް އޮފިސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެސްޓީއޯ

އެސްޓީއޯއަށް ލިބޭނެ ފައިދާ ތެލުގެ ސަބްސިޑީއަށް އިތުރުކޮށް އަގު ހިފަހައްޓަނީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބާޒާރުގައި އާންމުންނަށް ތެލުގެ އަގު ލިބޭ ވަރު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާއިން ކޮންމެ ވެސް ވަރެއް ސަބްސިޑީއަށް ހަރަދުކުރުމަށް ނިންމާފައިވާ ކަމަށް

ބާޒާރުގައި އާންމުންނަށް ތެލުގެ އަގު ލިބޭ ވަރު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާއިން ކޮންމެ ވެސް ވަރެއް ސަބްސިޑީއަށް ހަރަދުކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާއަށް ފަހު ރައްދުގައި އިރާނުން މެދުއިރުމަތީގެ އެެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފެށުމުން އެ ސަރަހައްދުގައި ވަނީ ބޮޑު ހަނގުރާމައެއް ފެށިފަ އެވެ. މީގެ ސަބަބުން ތެލުގެ އަގު ވަނީ ދުނިޔޭގެ މާރުކޭޓުގައި ވަރަށް ބޮޑު ތަނުން އިތުރުވެފަ އެވެ.

މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ މިފަދަ ދަތިތަކަށް ހައްލުތަކެއް ހޯދުމަށް އެކުލަވާލި ކެބިނެޓްގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތެލުގެ ސަޕްލައި ޔަގީންކޮށް އަގު ހިފެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދިނެވެ.

ތަފްސީލް - އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ދުނިޔޭގެ ބާޒާރުގައި އަގު އުފުލިގެން ދިޔަ ނަމަވެސް އޭގެ އުނދަގޫ އާންމުންނާއި ވިޔަފާރިތަކަށް އުފުލަން ނުޖެހޭނެ ގޮތްތަކެއް ރޭވުން ކަމަށެވެ.

އެ ކަމަށް ތެލުގެ އަގު ހިފެހެއްޓުމަށް ޓަކައި ސަބްސިޑީ އިތުރުކުރެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށް ޒަމީރު ވިދާޅުވި އެވެ. އެ ގޮތުން މި ވަގުތަށް ނިންމި އެއް ކަމަކީ އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރެވޭ ފައިދާއިން ކޮންމެ ވެސް ވަރެއް ސަބްސިޑީއަށް ހަރަދު ކުރުމެވެ.

"މި ރޭވީ އެސްޓީއޯގެ ފައިދާގެ ތެރެއިން، ސަބްސިޑީ ދޭނެ. އޭގެ ތެރޭގައި އެސްޓީއޯގެ ފައިސާ އެންޓިސިޕޭޓްކުރާނެ. މިސާލަކަށް 1.5 ފައިދާގެ ގޮތުގައި ލިބޭނަމަ، އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށް، އެބްޒޯބްކުރެވޭތޯ މި ބަލަނީ،" ޒަމީރު ވިދާޅުވި އެވެ.

ހަނގުރާމައިގެ ދަތިތައް ހައްލުކުރަން އެކުލަވާލި ކެބިނެޓް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ތެލުގެ ސަޕްލައިގައި މައްސަލަ ދިމާނުވާނެ ގޮތަކަށް ކުރިއަށް ދާން އިތުރު މާކެޓްތައް ބަލަމުންދާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

މީގެ މަހެއް ކުރިން އެސްޓީއޯއިން ތެޔޮ އުފުލުމަށްޓަކައި އިތުރު ބޯޓެއް ގަނެފައިވާތީ ވެސް ސަޕްލައިގައި މައްސަލައެއް ކުރިމަތިވެދާނެ ކަމަކަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން:

  • އެސްޓީއޯއިން ގެނައީ 24،500 މެޓްރިކް ޓަނުގެ ބޯޓެއް

  • ދެން އޮންނަނީ 22،000 މެޓްރިކް ޓަނުގެ ބޯޓެއް

ކޮމެންޓް (1)

ކޭވަކޭ

13 މާރިޗު 2026
މީގެ ސަބަބުން އާންމު ހިއްސާދާރުންނަށް ގެއްލުންވާނެ ނޫންތޯ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް