މާލޭ ނޯތު ހާބަރު ސަރަހައްދު. (ފޮޓޯ/އެމްޕީއެލް)

ނޯތު ހާބަރު

ނޯތު ހާބަރުން ޖާގަ ދިނުން ހަރުދަނާކުރަން އުސޫލަށް ބަދަލުތަކެއް

އަންނަ ހޮނިހިރު ދުވަހު އަމަލުކުރަން ފަށާ އެ ބަދަލުތަކުގެ ތެރޭގައި ކީވޯލުން ޖާގަ ހޯދަން ނަން ނޯޓު ކުރާ ގޮތާއި ޖާގަ ގެއްލޭ ހާލަތްތަކާއި އަލުން ޖާގަ ހޯދާނެ ގޮތްތައް ހިމެނޭ

މާލެ ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކަމުގައި އަމަލުކުރާ އުސޫލަށް ބައެއް ބަދަލުތައް ގެންނަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލްއިން ބުނީ އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ފެށިގެން ކަމަށެވެ.

ތަފްސީލު - އަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  • މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު ފުރާ ވަގުތުން ފެށިގެން ކޮންމެ ކިޔޫއެއްގައި ވެސް ނޯޓު ކުރެވިދާނެ

  • ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ 2 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔޫއިން ވަގުތީ ގޮތުން 'ހޯލްޑް' ކުރުމަށްފަހު ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅައި، ޖާގަ ދޭނެ

  • މި ދެ ޒޯނުން 'ހޯލްޑް' ކުރެވޭ އުޅަނދުތައް އަލުން ކިޔޫއަށް އިތުރުކުރެވޭނީ (އަންހޯލްޑް ކުރެވޭނީ)، އެ އުޅަނދެއް ގްރޭޓާ މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުން؛ މިގޮތަށް ގުޅައި 'އަންހޯލްޑް' ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް

  • އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި 'ހޯލްޑް' ކުރުމަށްފަހު އަލުން ކިޔޫއަށް އިތުރުކުރާ އުޅަނދުތަކަށް ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ 'އަންހޯލްޑް' ކުރިތާ 2 ގަޑިއިރު ފަހުން؛ އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރެވޭނެ (މިގޮތަށް ފަސްކޮށްދޭނީ ގިނަވެގެން 3 ފަހަރު، އަދި 4 ވަނަ ފަހަރު ކިޔޫއިން ކެންސަލް ވާނެ)

  • އޭ-ޒޯން އަދި ސީ-ޒޯންގައި 'ހޯލްޑް' ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔޫގައި 'ހޯލްޑް' ނުވަތަ 'ޕޯސްޓްޕޯން' ކުރުމެއް ނޯންނާނެ؛ އެކްސްޕްރެސް ކިޔޫއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ 4 ގަޑިއިރުގެ ވަގުތެއް (މި ވަގުތަށް ކީވޯލް ޗާޖް ހިނގާނެ، އަދި މި 4 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެ)

އޭ-ޒޯނާއި ސީ-ޒޯން ކިޔޫއިން 'ހޯލްޑް' ކުރުމަށްފަހު 'އަންހޯލްޑް' ނުކޮށް ގިނަވެގެން ބޭއްވޭނީ ފަސް ދުވަސް ނުވަތަ 120 ގަޑިއިރަށެވެ. އަދި އެ މުއްދަތު ހަމަވުމުން ކިޔޫއިން އުޅަނދު އުނިކުރާނެ އެވެ.

މާލެ ނޯތު ހާބަރުން ފުރުމަށް ފަހު ކިޔޫގައި ނޯޓު ކުރުމާއި ކިޔޫއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ، އެމްޕީއެލްއިން ބުނި ގޮތުގައި، އެ އުޅަނދެއްގެ ޒިންމާއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް