ޕީއެންސީގެ 'ދަ ގްރޭޓާ އައްޑޫ' ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

އަންނަ އަހަރުގެ ޖުލައިން ފެށިގެން 20‏ އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ: ރައީސް

މި މައްސަލަ ހައްލުކުރަން 31 މިލިއަންގެ މަޝްރޫއެއް ފަށައި އެ މަސައްކަތް ދުބާއީ ކުންފުންޏަކާ އިއްޔެ ވަނީ ހަވާލުކޮށްފައި

އަންނަ އަހަރުގެ ޖުލައިން ފެށިގެން 20 އަހަރުދުވަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފެނަކަ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި އެ މަޝްރޫއު ވަނީ ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުގެ އަގަކީ 31 މިލިއަން ޑޮލަރެވެ.

ތަފްސީލް - އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންސީގެ 'ގްރޭޓާ އައްޑޫ' ޖަލްސާގައި ރައީސް ވިދާޅުވީ، 26 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު އެ އެއްބަސްވުމުގެ ދަށުން ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއު އަންނަ އަހަރުގެ ޖުލައިއަށް ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި އަންނަ އަހަރުގެ ޖުލައި މަސް އަންނައިރުގައި، މުޅިން އެކުގައި މި މަޝްރޫއު ނިމި، ކުރިއަށް އޮތް 20 އަހަރު ދުވަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - އައްޑޫން އެކަށީގެންވާ ގޮތަށް ކަރަންޓު ނުލިބުމާއި އިރުއިރުކޮޅަކާ ކަރަންޓު ދިޔުމުގެ މައްސަލައަށް ދިގުލައިގެން ގޮސްފައިވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. އެމައްސަލަ ހައްލު ކޮށްދިނުމަކީ ރައީސްގެ ވައުދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް