ޕީއެންސީގެ 'ދަ ގްރޭޓާ އައްޑޫ' ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ޕީއެންސީ)
ޝީޝާ މަނާކޮށް، ހަކުރުގެ އަގުބޮޑުކުރާކަށް ނޫޅެން: ރައީސް
ހަކުރުގެ އަގު ބޮޑުކޮށް، ޝީޝާ މަނާކުރަން ނޫޅޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދުންފަތުގެ އިތުރު ބާވަތްތައް މަނާކުރުމާއި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމަކީ އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ކަމަކަށް ވާތީ، އެ ކަންތައްތައް ވަކި އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރަމުން އަންނަ ކަމަށެވެ.
ހަކުރުގެ ބާވަތްތަކުން ޓެކްސް ނެގުމާއި ސަބްސިޑީ ކަނޑާލުމަކީ ސިއްހީ ދާއިރާ އިން އިންތިޒާރުކުރާ ކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންސީގެ 'ގްރޭޓާ އައްޑޫ' ޖަލްސާގައި ރައީސް ވިދާޅުވީ، މިނިސްޓަރު އެ ވާހަކަ ވިދާޅުވި ގޮތުން ނުތަނަވަސްކަމެއް އާންމުންގެ މެދުގައި އެބައޮތް ކަމަށެވެ.
އެހެންވެ، އެކަން ސާފުކޮށްދޭން ބޭނުންފުޅުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިތުރު ކަންކަން "ބޭން" ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެކަމަކު، އެފަދަ ކަންކަމުން ދުރުވުމަށް ހޭލުންތެރިކަން އިތުރުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހަކުރުގެ އަގު ބޮޑުކޮށް، ޝީޝާ މަނާކުރަން ނޫޅޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވި.
— Dhauru (@Dhaurunews) March 8, 2026
އިތުރަށް ކިޔާލަން: https://t.co/cU0a9Pgx7t pic.twitter.com/aPh9kF58Ey
އޭގެ އިތުރުން ރައީސް ވިދާޅުވީ:
-
ގުޑުގުޑާ ބުއިމަކީ އިހުޒަމާނުއްސުރެ ދިވެހިންގެ ވަރަށް ބޮޑު އާދައަކަށް ވެފައި އޮތް ކަމެއް؛ އެހާ ބޮޑަށް އާދަވެފައި ހުންނަ ކަންކަން މަނާކޮށްގެން އެ ކަންކަމުން ދުރެއްނުކުރެވޭނެ
-
ނަމަވެސް، އެ ކަންކަމަށް ހޭލުންތެރިކޮށްދީ، އެ ކަންކަމުން ދުރުވުމަށް ނިޒާމީ ގޮތެއްގައި ހިތްވަރުދެވޭނެ
-
މި ސަރުކާރުގެ ސިޔާސަތަކީ އެފަދަ ދުޅަހެޔޮ ސިއްހަތަކަށް އާންމުން ހޭލުންތެރިކުރުވުން
-
އޭގެ ތެރޭގައި ސިއްހަތަށް ރަނގަޅު ކާނާ އާއި މޭވާ ރާއްޖޭގައި އުފެއްދޭ ގޮތަށް ނުވަތަ އަގުހެޔޮކޮށް ލިބޭނެގޮތް ހެދިދޭނެ
އެނގުން މުހިންމު - މި ސަރުކާރުން ވަނީ ސިނގިރޭޓުގެ އަގު ބޮޑުކޮށް، ވަކި އުމުރަކުން ފެށިގެން ސިނގިރޭޓު ނުބޮވޭ ގޮތަށް ހަދާފަ އެވެ. އަދި ވޭޕް ވެސް ވަނީ މަނާކޮށްފަ އެވެ.