ޑައިވިން ދޯންޏެއްގައި ރޯވެ އަނދަނީ -

އައްޑޫ ފޭދޫ ކައިރީ އަޅާފައި އޮތް ޑައިވިން ދޯންޏެއް ރޯވެ އަނދަނީ

ފޮޓޯތަކުން ފެންނަ ގޮތުގައި ޑައިވިން ދޯނި ވަރަށް ބޮޑަށް ރޯވެ އަނދާފައިވޭ؛ ދޯނީގައި ބަޔަކު ތިބި ކަމެއް އަދި ނޭނގޭ

އައްޑޫ ފޭދޫ ކައިރީ އަޅާފައި އޮތް ޑައިވިން ދޯންޏެއް ރޯވެ އަނދަމުން ދާތީ ސިފައިން ދެންމެ ހަރަކާތްތެރިވާން ފަށައިފި އެވެ.

ތަފްސީލް - ސިފައިން ބުނި ގޮތުގައި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް ފަޔާ ސްޓޭޝަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޑައިވިން ދޯނި އަޅާފައިވަނީ ފޭދޫ ބަނދަރު ބޭރުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެ ދޯނީގައި ބަޔަކު ތިބި ކަމެއް އަދި ނޭނގެ އެވެ.

ދައުރުވަމުންދާ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ޑައިވިން ދޯނި ވަނީ ވަރަށް ބޮޑަށް ރޯވެ އަނދާފަ އެވެ.

އެމްއެންޑީއެފުން ބުނީ ތަފްސީލް ލިބެމުންދާ ވަރަކަށް ހިއްސާކުރާނެ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް