ރައީސް މުހައްމަދު މުއިއްޒު ގަރާރެއް ބަލާލައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އުނގުލު އުނގޫފާރަށް، އަދި ވަށަފަރަށް ކަނޑާލިފިނޮޅު ދީފި

ރ. އުނގުއްޔަކީ އެ އަތޮޅު ވެރިރަށް އުނގޫފާރުގެ ބައެއް ކަމާއި ހއ. ކަނޑާލިފިނޮޅަކީ އެ އަތޮޅު ވަށަފަރުގެ ބައެއް ގޮތުގައި ރައީސް މުއިއްޒު މިއަދު ވަނީ ހަމަޖައްސަވާފައި

ރ. އުނގޫފާރުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ފަޅުރަށެއް ކަމަށްވާ އުނގުލު ހަމަޖައްސައި، ހއ. ވަށަފަރު ހިމެނޭ ފަޅުތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަނޑާލިފިނޮޅު ވަށަފަރުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ތަފްސީލް - ރައީސް މުހައްމަދު މުއިއްޒު މިއަދު ވަކިވަކިން ނެރުއްވި ދެ ގަރާރެއްގައި ވަނީ، ރ. އުނގޫފާރާއި ހއ. ވަށަފަރުގެ އިހުތިސޯސަށް ބަދަލު ގެނެސް އިހުތިސޯސްގައި ފަޅުރަށެއް ހިމެނީ އެ ދެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

ރ. އުނގޫފާރުގެ އިހުތިސޯސްގައި ހިމެނި އުނގުލު (ކ) އާއި ވަށަފަރުގެ އިހުތިސޯސްގައި ހިމެނި ކަނޑާލިފިނޮޅު (ވ) -

ފާހަގަކޮށްލެވޭ - އުނގޫފާރުގެ އިހުތިސޯސްގެ ތެރޭގައި ހިމަނަން ނިންމި އުނގުއްޔަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އާބާދީގައި 100 ވެސް ހަމަނުވާ އުނގުލުގައި ތިބި މީހުން ރ. ހުޅުދުއްފާރަށް ބަދަލުކުރީ1993ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް