ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ޕާކިން ޒޯންގައި މީހަކު މަޑުކޮށްލައިގެން ހުރި އިރު، ތެޔޮ ރައްކާ ކުރާ ފުނަދޫ ޖެޓީގައި ބޮޑު ތެޔޮ ބޯޓެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތެޔޮ

ރާއްޖޭގައި ވެސް ތެޔޮ ވިއްކާ އަގު ރެކޯޑް އަދަދަކަށް ބޮޑުކޮށްފި

ޕެޓްރޯލް ލީޓަރަކުން %18.6 ބޮޑުކޮށްފައިވާއިރު، ޑީސަލް ލީޓަރަކުން %26 ވަނީ ބޮޑުކޮށްފައި
5 މާރިޗު 2026
2

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެ ކުންފުނިން ބޮޑުކޮށްފި އެވެ. މިއީ އެ ކުންފުނިން ވިއްކާ ތެލުގެ އަގު މިފަހުން މިހާ ބޮޑުތަނުން ބޮޑުކުރި ފުރަތަމަ ފަހަރެވެ. 

ވީ ކިހިނެއް؟ - އީރާން ހަނގުރާމައާ ވިދިގެން ދުނިޔޭގައި ތެލުގެ އަގުތައް ރެކޯޑް އަދަދަކަށް ބޮޑުވެފައި ވަނިކޮށް އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. 

ތަފްސީލް - ޕެޓްރޯލާއި ޑީސަލް ވިއްކާނެ އާ އަގުތަކުގެ ގޮތުގައި އެ ކުންފުނިން އިއުލާންކޮށްފައި ވަނީ: 

  • ޕެޓްރޯލް: ލީޓަރަކުން 2.51ރ. އަގުބޮޑުކޮށް 16.01ރ. އަށް؛ މިއީ %18.6ގެ ބޮޑުވުމެއް

  • ޑީސަލް: ލީޓަރަކުން 3.62ރ. ބޮޑުކޮށް 17.54ރ. އަށް؛ މިއީ %26ގެ ބޮޑުވުމެއް 

މީގެ ކުރިން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކީ، 13.50ރ. އަށެވެ. އަދި ޑީސަލް ވިއްކީ ލީޓަރެއް 13.92ރ. އަށެވެ. 

މީގެ އިތުރުން ރާއްޖޭގައި ދެން އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ވިއްކާ އަމިއްލަ އެއް ކުންފުނި، ހޯކްސްއިން ވެސް މިހާރު ވަނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފަ އެވެ. އެގޮތުން: 

  • ޑީސަލް ލީޓަރަކުން 3.62ރ. ބޮޑުކޮށްފައި 

  • ޕެޓްރޯލް ލީޓަރަކުން 2.51ރ. ބޮޑުކޮށްފައި 

އެސްޓީއޯއިން ތެލުގެ އަގުތައް ބޮޑުކޮށްފައި މި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިވަގުތު އުފުލިފައި ވާތީ އެވެ. ދުނިޔޭގެ މާކެޓްގައި އެވްރެޖްކޮށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 81 ޑޮލަރަށް މިއަދު އަރައިފަ އެވެ.

ކޮމެންޓް (2)

ތެފައާސާ.

5 މާރިޗު 2026
ރައީސް އަދި ސައީދު މިނިސްޓަރު ނޫސްކޮންފަރެންސަށް އަރައި އެއްވެސް ހާސްކަމެއް ނެތޭ ބޯކޮށް ތެޔޮ އެބައޮތޭ މިހާރުވެސް އޮމާނުން ޝިޕްމެންޓެއް ފުރައިފިއޭ ކިޔައިގެން ފޮނިކެނޑިތާ އަދި 3 ދުވަސް ނުވޭ. ކީކޭ ދެން ބުނާނީވެސް؟
4 0

ކޮސް

5 މާރިޗު 2026
މިއޮތީ ބޯކޮށް ތަރައްޤީގެ ކަންތައް މެކުހައްޖަހާފަދޯ.... ދެންވެސް ނުތިބެ ތިލަފަތަށް ވޯޓުދީގެން ހައްލުތައް ގެނެވޭނީ. ތެލުގެ އަގު ބޮޑުކުރިއިރު ރަަށްރަށަށް ރޝވތ ފައިސާ ބެހުމުގައި އަވަދިނެތި އުޅެނީ..
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް