އައްޑުއަށް ކުރެއްވިި ދަތުރުފުޅެއްގައި ހުޅުމީދޫގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫގެ އިހުތިސާސަށް ބަދަލުގެނެސްފި

އެ ބަދަލުތައް ގެނައީ 25 އޮކްޓޫބަރު 2025ގައި ބޭއްވި އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން
26 ފެބްރުއަރީ 2026

ރައީސް މުހައްމަދު މުއިއްޒު، އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިދާރީ ދާއިރާތަކުގެ އިހްތިސާސަށް ބަދަލު ގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ބަދަލުތައް ގެނައީ 25 އޮކްޓޫބަރު 2025ގައި ބޭއްވި އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެންނެވެ.

ތަފްސީލު - އެ ވޯޓުގައި އާންމުން ނިންމީ އައްޑޫ ސިޓީގެ އިހުތިސާސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދު އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅުމަށެވެ.

އެ ބަދަލުތައް އެކަށައަޅުއްވައި، ރައީސްގެ ތިން ގަރާރު މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އެ ގަރާރުތަކުގައި އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫގެ އިހުތިސާސްތައް  މިހާރު ކަނޑައަޅާފައިވާ ގޮތުގެ ޗާޓެއް ވެސް ވަނީ ހިމަނާފަ އެވެ.

  • އައްޑޫ ސިޓީގެ އިހުތިސާސް ކަނޑައެޅި ގޮތް.
  • އައްޑޫ ހުޅުދޫގެ އިހުތިސާސް ކަނޑައެޅި ގޮތް.
  • އައްޑޫ މީދޫގެ އިހުތިސާސް ކަނޑައެޅި ގޮތް.

އެއް ފަސްގަނޑަކަށް އޮންނަ ހުޅުދު އާއި މީދޫ ވަކިކުރަނީ:

  • ސ. އަތޮޅު މަދުރަސާގެ ދެކުނުން އޮންނަ އާބާދުމަގުގެ ދެކުނު ފަޅީގައި ދިރިއުޅެނީ ހުޅުދޫ ރައްޔިތުން

  • އެ މަގުގެ އުތުރުގައި ދިރިއުޅެނީ މީދޫ ރައްޔިތުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް