ދިރާގުން ވަނީ މި ރޯދަމަހު އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދީ، އެކި އޮފާތައް ތައާރަފްކޮށްފައި.
ދިރާގުޕޭން ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދައްކާލެވޭނެ
މި ރޯދަމަހު ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ދިރާގުން ހަމަޖައްސައިފި އެވެ.
ތަފްސީލް - ދިރާގުޕޭ އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް ފަހު، ހޯމް ސްކްރީނުގެ ތިރީގައިވާ ފީޗާޑް ބައިން 'ފިތުރު ޒަކާތް' އިހްތިޔާރު ކޮށްގެން، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އެވެ.
ދިރާގުޕޭގެ އިތުރުން:
-
ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ
-
ޕްރިޕެއިޑް ކަސްޓަމަރުން *454#އަށް ޑަޔަލްކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ފިތުރު ޒަކާތް ދެއްކޭނެ
ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރޯދަމަހުގެ އެންމެ ފަހު ދުވަހުގެ ހަވީރު 6އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.
ފާހަގަކޮށްލެވޭ - ރޯދަމަހަކީ ހެޔޮ ކަންތައްތައް އިތުރުކޮށް، އެކަކު އަނެކަކަށް އެހީތެރިވުން މުހިންމު މަހެއް ކަމުގައި ވާތީ، މި މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދީ، އެކި އޮފާތައް ތައާރަފްކޮށްފަ އެވެ.